ރައީސްގެ މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ވަޑައިގަންނަވާނީ ގަތަރުގެ ދޯހާއަށެވެ. ގަތަރަށް ވަޑައިގެން، އެތަނުގައި ބާއްވާ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ އދ.ގެ ފަސްވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.
ގަތަރަށްފަހު ރައީސް ދެން ވަޑައިގަންނަވާނީ ސާބިއާ އަށެވެ. ސާބިއާގައި ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ޖަރުމަނު ވިލާތަށް ވަޑައިގެން އެ ގައުމުގެ ރައީސް ފްރޭންކް ވޯލްޓަ ސްޓައިންމަޔާއާ ބައްދަލުކުރައްވުމަށް ވަނީ ހަމަޖެހިފަ އެވެ. ރައީސް އޮފީހުން ބުނިގޮތުން ޖަރުމަނުވިލާތުގައި ވެސް ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފަ އެވެ.