ads
'ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2023' - ފޮޓޯ:ރައީސް އޮފީސް
'ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2023' ފަށައިފި
ހިއުމަން ރިސޯސްގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ކޮށްގެން ބާއްވަމުން އަންނަ 'ނެޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ' ފަށައިފިއެވެ.
Advertisement

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން އިންތިޒާމްކޮށްގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ އެޗްއާރު ކޮންވެންޝަންގެ ތިންވަނަ އެޑިޝަން ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

ނެޝަނަލް ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ހެނދުނު ފެށި މި ކޮންވެންޝަން މާދަމާ ހަވީރު ނިންމުމަށް ހަމަޖެހިފައިވާއިރު، މި އަަހަރުގެ ކޮންވެންޝަންގެ މައިގަނޑު މައުލޫއަކަށް ކަނޑައަޅާފައި ވަނީ 'ކްރިއޭޓިންގް ވެލިއު އެންޑް ލީޑިންގް ދަ އޮގަނައިޒޭޝަން' އެވެ. މައިގަނޑު މައުލޫއުގެ އިތުރުން އިތުރު ފަސް ސަބް ތީމަކަށް މި ކޮންވެންޝަނުގައި ވާހަކަދައްކާނެއެވެ. އެ ސަބް ތީމްތަކަކީ،

  • އެޗްއާރު އޭސް އަ ވެލިއު ކްރިއޭޝަން ޕާޓްނަ
  • ޓްރާންސްފޮމޭޓިވް ޗޭންޖެސް ތްރޫ ހިއުމަން ކެޕިޓަލް
  • ގްރޮވްތް އެންޑް ޑިވެލޮޕްމެންޓް އޮފް އެޗްއާރު ޕްރޮފެޝަނަލްސް
  • ވެލްނެސް އެންޑް ވެލްބީންގް އެޓް ވޯކްޕްލޭސް
  • އެމާޖިންގް އެޗްއާރު ޓްރެންޑްސް އެންޑް ޑާޓާ އެނަލިޓިކްސް

your imageމި އަހަރުގެ އެޗްއާރު ކޮންވެންޝަނުގައި ވާހަކަ ދައްކަވާނެ ބޭފުޅުން - ފޮޓޯ:މާޕް

ކޮންވެންޝަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާޕްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވި ގޮތުގައި މި ކޮންވެންޝަންގެ ސަބަބުން ބައިވެރިންނަށް އާ ކަންކަން ދަސްކޮށް އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ. މި ކޮންވެންޝަންގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަހުމަދު އިބްރާހިމް ވަނީ އިލްތިމާސްކުރައްވާފައެވެ.

އެޗްއާރު ކޮންވެންޝަން އާ ގުޅޭގޮތުން މާޕުގެ ފަރާތުން މީގެކުރިން ބުނެފައިވަނީ ކޮންވެންޝަނުގައި ވާހަކަ ދެއްކެވުމަށް އިންޓަނޭޝަނަލް ސްޕީކާސް ވަޑައިގަންނަވާނެ ކަމަށާއި އެ ބޭފުޅުންނަކީ މި ދާއިރާގެ އެކްސްޕާޓުން ކަމަށެވެ. އެ ބޭފުޅުންގެ ތެރޭގައި ޓެޑްއެކްސްގައި ވާހަކަ ދައްކަވާފައި ތިއްބެވި ބޭފުޅުންގެ އިތުރުން ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ އެޗްއާރު ލީޑަރުންގެ ގޮތުގައި އުޅުއްވާފައި ތިއްބެވި ބޭފުޅުން ހިމެނޭ ކަމަށާއި ރާއްޖޭގައި ތިއްބެވި ދާއިރާގެ އެކްސްޕާޓުންވެސް މި ކޮންވެންޝަންގައި ވާހަކަ ދައްކަވާނެ ކަމަށް މާޕުން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް