ads
ރަންބީރު ކަޕޫރު
ތުނބުޅި ނުބާލަނީ ދަރިފުޅަށް ބައްޕަ އޮޅިދާނެތީ: ރަންބީރު ކަޕޫރު
ތުނބުޅި ބޭލުމުން އޭނާގެ ދަރިފުޅު ރަހާ ކަޕޫރް އަށް ބައްޕަ އޮޅިދާނެކަމަށް ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރު ބުނެފިއެވެ.
Advertisement

ރަންބީރު ބުނީ އޭނާގެ ތުނބުޅި ބޭލުމުން އޭނާއަކީ ކާކުކަން ދަރިފުޅަށް ނޭގިދާނެތީ ކަންބޮޑުވާކަމަށެވެ. ދާދި ފަހުން ރަންބީރު ވަނީ އޭނާގެ އަންހެން ދަރިފުޅާ އޮންނަ ގުޅުމާއި އޭނާގެ ތުނބުޅި ދިގު ލުކަށް ހޭނިފައިވާ ގޮތާއި ގުޅޭގޮތުން ޕިންކްވިލާ ނޫހާއި ވާހަކަ ދައްކާފައެވެ. 

“އަހަރެން މި ތުނބުޅި ދިގުކުރީ ފިލްމަކަށް. އަހަރެންގެ އަންހެން ދަރިފުޅު ރަހާ އުފަންވި ފަހުން އޭނާއަށް އަހަރެން ފެނިފައިވަނީ ހަމައެކަނި މި ގޮތައް. އަހަރެންގެ ތުނބުޅި ދަރިފުޅަށް މުހިންމުވެދާނެކަމުގެ ބިރެއް އަހަރެންގެ ކިބައިގައި އޭރު ނެތް. އެކަމަކު ޝޭވް ކުރުމުން ދެން ދަރިފުޅަށް އަހަރެން ނޭގިދާނެތީ ބިރުގަނޭ.” ރަންބީރު ބުންޏެވެ.

ރަންބީރު ބުނާގޮތުން އޭނާގެ އަންހެން ދަރިފުޅުގެ ލޯތްބަކީ އޭނާއަށް އެންމެ ހާއްސަ އެއް ހަދިޔާއެވެ. ދަރިފުޅުގެ ހިނިތުންވުމުން ހިތް އުފާވާކަަށް ވެސް ރަންބީރު ބުނެއެވެ. 

"އަހަރެންގެ ސާފު ޝޭވްޑް ލޫކަށް ވެސް ދެވިދާނެ. އެކަމަކު ދަރިފުޅަށް އަހަރެން ނޭގިއްޖެނަމަ ހިތް ފަޅައިގެން ދާނެ،” ލަވަކިޔުމުގެ ރިއަލިޓީ ޝޯ، ‘އިންޑިއަން އައިޑަލް 13’ އަށް ޝްރައްދާ ކަޕޫރާ އެކު އޭނާ ކުޅޭ އެންމެ ފަހުގެ ފިލްމު ‘ޓޫ ޖޫތީ މޭން މަކަރު’ ޕްރޮމޯޓް ކުރުމަށްގޮސް ހުރެ ބުންޏެވެ.

"އިންޑިއަން އައިޑަލް" ގެ ވާދަވެރިއާ އަޔޯދްޔާގެ ރިޝީ ސިންގް ވަނީ ރަންބީރުގެ ފިލްމު ‘ޔޭ ޖަވާނީ ހޭ ދީވާނީ’ ގެ މަޝްހޫރު ހޯލީ ލަވަ ‘ބަލަމް ޕިޗްކާރީ’ ސައިޝާ ގުޕްތާއާ އެކު ޕާފޯމްކޮށްފަ އެވެ. އެމީހުންގެ ކުޅުމަށް ރަންބީރު އެހާ ބޮޑަށް ތައުރީފު ކުރި އިރު އޭނާ ވެސް ސްޓޭޖުގައި އެމީހުންނާ ގުޅިގެން އެ ދެމީހުންނާ އެކު ވަނީ ބައިވެރިވެފައެވެ. 

އާލިއާ ބަޓްއާއި ރަންބީރުއަށް ދަރިއަކު ލިބުނީ 2023 ވަނަ އަަހަރުގެ ނޮވެންބަރު މަހުއެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް