ads
ކަރީނާ އަދި ސައިފް އަލީ ހާން
ސައިފް އަލީ ހާންގެ ކޮޓަރިއަށް ނޫސްވެރިން ވަދެ ފޮޓޯ ނަގަން އެދިއްޖެ
ޕަޕަރާޒީ ނޫސްވެރިން ބޮލީވުޑްގެ ތަރި ސައިފް އަލީ ހާން އާއި އޭނާގެ އަންހެނުން ކަރީނާ ކަޕޫރު ފަހަތުން އުޅޭވަރުން ސައިފްގެ ނުރުހުން ޕަޕަރާޒީންނަށް ބާލައިފިއެވެ.
Advertisement

މިގޮތުން މަލައިކާ އަރޯރާގެ މަންމަ ޖޮއިސްގެ އުފަންދުވަސް ފާހަގަކުރުމަށްފަހު ގެއަށް އައި މަގުމަތީގައި ޕަޕަރާޒީން ވަނީ ސައިފްއާއި ކަރީނާއަށް ފޮލޯކޮށްފައެވެ. އަދި އެމީހުން ގެ ކައިރިއަށް މަޑުކުރުމުން ޕަޕަރާޒީން ވަނީ އެމީހުން ކައިރިން ފޮޓޯއަަކަށް ހުއްޓިލުމަށް އެދިފައެވެ. 

ނަމަވެސް ފޮޓޯއަށް ހުއްޓުމުގެ ބަދަލުގައި ސައިފް އަލީ ހާން ވަނީ "އަހަރުމެންގެ ބެޑްރޫމް އަށްވެސް އަންނަންވީނު" މިހެން ބުނެ ނޫސްވެރިންނަށް ނުރުހުން ފާޅުކޮށްފައެވެ. މިހެން ބުނެ ހިނގައި ގަންނަމުން ސައިފް ވަނީ އެމީހުންނަށް ޓާޓާކިޔާފައެވެ. 

މީގެ ދުވަސްކޮޅެއްކުރިން އާލިއާ ބަޓްވެސް ވަނީ އެމީހުންގެ މުމްބާއީގައި ހުންނަގެއަށް ވަނުމުން ޕަޕަރާޒީން ފޮޓޯ ނަގަން މަސައްކަތް ކުރުމުން އެމީހުންނަށް ނުރުހުން ފާޅުކޮށްފައެވެ. 

ބޮލީވުޑްގެ ބައެއް ތަރިން އެމީހުންގެ ޕްރިވަސީ ގެއްލޭ ހިސާބަށް ދިއުމުން ޕަޕަރާޒީންނަށް ރުޅިގަނޑު ބާލައެވެ. މިގޮތުން އަމިތާބުގެ އަންހެނުން ޖާޔާ ބަޗަން އަކީ ޕަޕަރާޒީންނަށް ރުޅިބޭލުމުގައި މަޝްހޫރު މިހޭކެވެ. 

54%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް