ads
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނެމަންޓްގެ ތެރެއިން - ފޮޓޯ: ހޭންޑްބޯލް އެސޯސިއޭޝަން
ހޭންޑްބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި
ހަ ވަނަ ހޭންޑްބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ބޭނުންވާ ކްލަބްތަކަށް ހޭންޑްބޯލް އެސޯސިއޭޝަންއިން އެފުރުސަތު ހުޅުވާލައިފި އެވެ.

ހޭންޑްބޯލް އެސޯސިއޭޝަނުންކުރި އިއުލާނެއްގައި ބުނެފައިވަނީ ހަ ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް ފަށަން ހަމަޖެހިފައިވަނީ މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ އެސޯސިއޭޝަންގެ މެމްބަރު ކުލަބު ތަކުން މިމަހުގެ 26 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު މެއިލް ކުރުމަށް އެސޯސިއޭޝަނުން ވަނީ އެދިފައެވެ. މުބަރާތުގައި ބައިވެރިވުމަށް އެދޭ އެޕްލިކޭޝަން ފޯމް ގަލޮޅު ދަނޑުގެ ހޭންޑް ބޯލް އެސޯސިއޭޝަންގެ އޮފީހުން ލިބޭނެކަމަށްވެސް އެސޯސިއޭޝަންގެ އިއުލާނުގައި ވެއެވެ.

މީގެއިތުރުން މި މުބާރާތުގައި ބައިވެރިވާ ކުލަބު ތަކުގެ ޓީމް ލިސްޓް 30 މާޗް ކުރިން ހުށަހެޅުމަށް ވެސް އެސޯސިއޭޝަނުން ވަނީ އެދިފައެވެ. 

މުބާރާތުގައި ބައިވެރިވާ ޓީމް ތަކުގެ މެދުގައި ގުރުއަތުލުމެއް ބޭއްވެނެ ވަގުތަކާއި ތާރީހެއް ފަހުން އަންގާނެ ކަމަށް އެސޯސިއޭޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް