ads
އެމްއޭއެޗްއާރްޕީ އިން ބޭއްވި ނެޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2023 ފެށުމުގެ ރަސްމިއްޔާތު - ފޮޓޯ: ރައީސް އޮފީސް
ހާސްކަން ކުޑަ މަސައްކަތު މާހައުލެއް ކަށަވަރުކޮށްދިނުން މުހިންމު: ފަސްޓްލޭޑީ ފަޒުނާ
ހާސްކަން ކުޑަ މަސައްކަތު މާހައުލެއް ކަށަވަރުކޮށްދިނުން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް އިން އިންތިޒާމްކޮށްގެން އިއްޔެ ބޭއްވި ނެޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2023 ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، މުވައްޒަފުންނަށް އެމީހުންގެ ވަޒީފާގެ ޒިންމާތަކާއި، ޢާއިލީ ޒިންމާތައް ހަމަހަމަ ގޮތެއްގައި އަދާކުރުމަށް މަގުފަހިވާ ގޮތަށް ގޭގައި ހުރެގެން މަސައްކަތްކުރުން ފަދަ ލުއިފަސޭހަތައް ހޯދައިދިނުމަށް މަސައްކަތް ކޮށްދޭންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ވަޒީފާ އާއި ދިރިއުޅުމުގެ ކަންކަން އެއް ހަމައެއްގައި ހިފެހެޓުމަކީ، ނަފްސާނީ ދުޅަހެޔޮ ކަމަށް ވަރަށް މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެކަމަނާ ވަނީ ވެރިން މުވައްޒަފުންގެ ސިއްހަތަށާއި، ނަފްސާނީ ދުޅަހެޔޮ ކަމަށް ސަމާލުކަން ދީގެން މަސައްކަތް ކުރުވުމަށް އެކަމަނާ އެދިވަޑައިގަންނެވިއެވެ.

ގައުމީ ތަރައްގީގައި އަންހެނުން އަދާކުރާ މުހިއްމު ދައުރު ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވީ، މި ސަރުކާރުން، ވިހެއުމުގެ ޗުއްޓީ އާއި ދަރިއަކު ލިބުމުން ލިބޭ ޗުއްޓީއާއެކު މުސާރަލިބޭ ގޮތަށް ހަމަޖައްސައިދީފައިވާ ކަމަށެވެ. އެހެން ނަމަވެސް ވަޒީފާ ދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް އެ ޗުއްޓީތައް ދިނުމަށް ބޭނުން ނުވާކަމަށްވެސް ވިދާޅުވިއެވެ. 

އާއިލީ ޒިންމާތައް އަދާކުރުމާއި، ވިހެއުމުގެ ޗުއްޓީއަކީ، މުވައްޒަފުންނަށް ވަޒީފާގައި ކުރިއަށް ދިޔުމަށް އޮތް ހުރަހެއްކަމުގައި ނުހެއްދެވުމަށާއި މުވައްޒަފުންނަށް ހިތްހަމަޖެހުމާއެކު މަސައްކަތް ކުރެވޭނެ ގޮތްތައް ބަލައި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެކަމަނާ އިލްތިމާސް ކުރެއްވިއެވެ. އަދި މަސައްކަތުގެ މާހަލުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށާއި، ހަމަހަމަކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެކަމަނާ ވަނީ މަސައްކަތްކުރުމުގައި އެކަށޭނަ ފަސޭހަގޮތްތަކާއި މުވައްޒަފުންގެ އަޑުއަހާނެ ގޮތްތައް ބެލުމަށް އިލްތިމާސް ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް