ads
ގަތަރުގެ ދޯހާގައި އޮތް ކޮންފަރެންސްގައި ރައީސް ސޯލިހުގެ އަރިހުގައި މިނިސްޓަރު ޝާހިދު އަދި މިނިސްޓަރު އަސްލަމް
އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ކޮންފަރެންސްގައި ރައީސް ބައިވެރިވެޑައިގެންފި
އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސް ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފި އެވެ.

ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ބާއްވާ މިކޮންފަރެންސް މިއަހަރު ކުރިޔަށްދަނީ، ގަތަރުގެ ވެރިރަށް ދޯހާގެ ގަތަރު ނެޝަނަލް ކޮންވެންޝަން ސެންޓަރުގަ އެވެ. 

މިކޮންފަރެންސްގެ އަމާޒަކީ، ދުނިޔެއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލިުކޮށް، ތަނަވަސްކަން އިތުރުކުރުމަށް، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުން މަސައްކަތް ކުރުމުގެ ގާބިލުކަން އިތުރުކުރުމެވެ. މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވަނީ، އެ ގުރޫޕް އުފެދުނުތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންވެސް ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފަ އެވެ.

ރާއްޖެއަކީ، އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ދަރަޖައިން، މެދުފަންތީގެ އާމްދަނީއެއް ލިބޭ ގައުމުތަކުގެ ދަރަޖައަށް ބަދަލުކުރެވުނު ތިންވަނަ ގައުމެވެ. އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ގޮތުގައި 46 ގައުމެއް ހިމަނާފައިވާ އިރު، އެ ގައުމުތަކަކީ، މަދުން އާމްދަނީ ލިބޭ އަދި އުމުރާނީ ތަރައްގީއާ ދެމެހެއްޓެނިވި ތަރައްގީގެ ހުރަސްތައް އޮތް ގައުމުތަކެވެ.

މި ކޮންފަރެންސްގައި ބައިވެރިިވެވަޑައިގެންނެވުމަށް ރައީސް ސޯލިހް ފުރާވަޑައިގަތީ އިއްޔެ އެވެ. މި ކޮންފަރެންސް އަށްފަހު ރައީސް ދެން ވަޑައިގަންނަވާނީ ސާބިއާ އަށެވެ. ސާބިއާގައި ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 

މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ޖަރުމަނު ވިލާތަށް ވަޑައިގެން އެ ގައުމުގެ ރައީސް ފްރޭންކް ވޯލްޓަ ސްޓައިންމަޔާއާ ބައްދަލުކުރައްވުމަށް ވަނީ ހަމަޖެހިފަ އެވެ. ރައީސް އޮފީހުން ބުނިގޮތުން ޖަރުމަނުވިލާތުގައި ވެސް ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް