ads
ވިލިމާލޭގައި އެމްއައިބީ ސެލްފް ސާވިސް ބޭންކިން ހިދުމަތް ފެށުން - ފޮޓޯ:ސީއެންއެމް
ވިލިމާލޭގައި އެމްއައިބީގެ ސެލްފް ސާވިސް ބޭންކިން ހިދުމަތް ފަށައިފި
ވިލިމާލޭގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސެލްފް ސާވިސް ބޭންކިން ހިދުމަތް ފަށައިފިއެވެ.

ވިލިމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

އެމްއައިބީގެ ވިލިމާލެ އޭޓީއެމް ރަސްމީކޮށް ހުޅުވުމަށް ބޭއްވި އެ ރަސްމިއްޔާތުގައި އެމްއައިބީގެ އިސްވެރިންގެ އިތުރުން މުވައްޒަފުން ބައިވެރިވިއެވެ.

އެމްއައިބީގެ މި އޭޓީއެމް ހުޅުވާފައިވަނީ ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައެވެ. އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ލިބޭނެއެވެ.

your imageވިލިމާލޭގައި އެމްއައިބީ ސެލްފް ސާވިސް ބޭންކިން ހިދުމަތް ފެށުން - ފޮޓޯ:ސީއެންއެމް

ވިލިމާލޭގައި އެމްއައިބީގެ އޭޓީއެމްއެއް މިއަދު ހުޅުވިއިރު، ހުޅުމާލޭގައި އެމްއައިބީގެ ހިދުމަތް ދިނުމަށް އޮފީހެއް ހުޅުވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ އޮފީސް ހުންނަނީ ވަން އެވެނިއުގެ އެންމެ ތިރީ ފުލޯގައެވެ. އެ އޮފީހުގެ އިތުރުން އެމްއައިބީން ހުޅުމާލޭގައި އޭޓީއެމްގެ ހިދުމަތް ދެއެވެ.

އެމްއައިބީގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި އެޅުމަށް އެޗްޑީސީގެ ފަރާތުން ވަނީ އެ ބޭންކަށް 7،467.13 އަކަފޫޓުގެ ބިމެއް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ހަމަޖައްސައިދީފައެވެ. އެއީ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި އޮންނަ ބިމެކެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް