ޖޭޕީގެ ތަރުޖަމާނު ވިދާޅުވީ މާދަމާގެ ކައުންސިލް ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވަނީ ޖޭޕީގެ މެމްބަރޝިޕް ކޮމިޓީއާއި އިސްތިއުނާފް ކޮމިޓީ އަދި ސުލޫކީ ކޮމިޓީގެ އިންތިހާބަށް ހުޅުވާލުމާއި ގުޅޭ މައްސަލައާއި އައްޔަން ކުރާ މަގާމްތަކަށް ބޭފުޅުން އައްޔަން ކުރުމާމެދު ގޮތެއް ނިންމުން ކަމަށެވެ.
އޭގެ އިތުރުން އެހެނިހެން ކަންކަން ވެސް އެޖެންޑާކޮށްފައިވާއިރު މާދަމާގެ ކައުންސިލް ބައްދަލުވުން މީޑިއާއަށް ހުޅުވާނުލާނެކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.
ޖޭޕީގެ ކައުންސިލް ބައްދަލުވުމެއް މާދަމާ ބޭއްވުމަށް ނިންމިއިރު އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ހަފްތާގައިވަނީ ބައްދަލުކުރައްވާފައެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހްއަށް ތާއީދު ކުރުމަށް ޖޭޕީއަށް ދައުވަތު ދެއްވާފައި ވަނިކޮށް އެޕާޓީގެ ކޮންގްރެސްގައިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ގަރާރެއް ފާސްކޮށްފައެވެ. ނަމަވެސް ގަރާރާއި މެދު އަމަލުކުރާނެގޮތެއް ނިންމާނީ ކައުންސިލުންނެވެ.