ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވެފައިވަނީ ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުން ދަނީ ކައުންސިލުން ހަދާފައިވާ ތަރައްގީގެ ޕްލޭނާ އެއްގޮތަށް ކަމަށެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި އެ ޕްލޭނަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމުގައެވެ. އެހެންނަމަވެސް، ތަފާތު ސަބަބުތައް މެދުވެރިވާތީ މަސައްކަތް ކުރިޔަށް ގެންދިއުމުގައި ލަސްކަމެއް އުޅޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެކިއެކި ގޮންޖެހުން ކުރިމަތިވާއިރުވެސް އެންމެ އުނދަގޫ، އަރައިގަންނަން އެންމެ އުނދަގޫ ކަމަކީ އައްޑޫގެ ރަައްޔިތުންގެ ތެރެއިން ބައެއް ބޭފުޅުންގެ އިތުބާރު މި ކަންކަން ވާނެ ކަމަށް ނޯންނާތީ. އޭގެ ސަބަބުން މި ކަންކަން ކުރުމަށް ހިޔަނި އެޅިގެންދޭ،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވެފައިވަނީ އެއާޕޯޓުގެ ތަރައްގީ އާއެކު، ފެށިގެން ދަނީ ދެކުނުގެ ރަށްތަކުގެ ތަރައްގީގެ މުޅިން އާ ބާބެއް ކަމަށެވެ. އެ މަޝްރޫއާ ގުޅިގެން ފަތުރުވެރިކަމާއި ވަޒީފާގެ އިތުރުން ވިޔަފާރީގެ އެތައް ފުރުސަތުތަކެއް ފުޅާވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫ ސިޓީއެއްގެ ގޮތުގައި އޮންނަތާ އެތައް އަހަރެއް ވެފައި ވީނަމަވެސް، ފުރިހަަަމަ ސިޓީއެއްގައި ހުންނަން ޖެހޭ އުމްރާނީ ތަރައްގީއެއް އައްޑުއަށް ލިބިފައިވާ ނުވާކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ އައްޑޫ ތަރައްގީގެ ވަށާޖެހޭ ޕްލޭނެއް ހަދައި އެކަން ތަންފީޒުކުރަމުންދާއިރު، އެކަމުގެ ތެރެއިން މަގުތަކާއި ބަނދަރުތައް ހަދައި، ފެން ހިންދާ ނިޒާމު ގާއިމު ކުރުމާއި ބިން ހިއްކުމުގެ އިތުރުން ފަތުރުވެރިކަމަށް ހާއްސަ ސަރަހައްދުތައް ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ.
ފައްޔާޒުގެ ވާހަކަފުޅުގައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް އެއްބާރުލުން ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު: