ads
އެންޒީ ރޯދަ ޕްރޮމޯޝަން: ހިލޭ ޑެލިވަރީގެ ހިދުމަތް ފަށަނީ
އެންޒީއިން "އެންޒީ ވަރަށް ފައްކާ" ޕްރޮމޯޝަންއާއި ގުޅުވައިގެން ރޯދަމަހަށް ހާއްސަ ޕްރޮމޯޝަނެއް ފެށުމަށް ހަމަޖައްސައިފިއެވެ.

އެންޒީއިން ބުނެފައިވަނީ ހާއްސަ ޕްރޮމޯޝަން ފެށުމަށް ހަމަޖެހިފައިވަނީ މާޗް ހަތްވަނަ ދުވަހު ކަމަށެވެ. 

އެންޒީ އިން ބުނެފައިވަނީ މާޗް ހަތްވަނަ ދުވަހުން ފެށިގެން  އެންޒީއިން ގޭގެއަށް ދަޅުމަސް ހިލޭ ޑެލިވާ ކޮށްދޭނެ ކަމަށެވެ. އަދި ޕްރޮމޯޝަންގެ ދަށުން 13 މަސްދަޅު ބައްލަވައިގަންނަވާނަމަ ފްރީ ޑެލިވަރީގެ ހިދުމަތް ލިބޭނެކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. 

އެންޒީން ބުނެފައިވަނީ އެފަރާތުން ޑެލިވާ ކުރާނީ "އެންޒީ ވަރަށް ފައްކާ" ޕްރޮމޯޝަން ލޭބަލް ޖަހާފައިވާ މަސްދަޅު ކަމަށެވެ. އަދި ލޭބަލްކޮޅު ނައްޓާލެއްވުމަށްފަހު ލޭބަލްގެ ފަހަތުގައިވާ ސީރިއަލް ނަމްބަރު 5040 އަށް މެސެޖު ކުރުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ. މި ޕްރޮމޯޝަންގައި ކޮންމެ މަހަކު ގުރުއަތުން ނެގޭ ނަސީބުވެރި ތިން ފަރާތަކަށް 1000 ރުފިޔާ، 5000 ރުފިޔާ އަދި 10،000 ރުފިޔާ ލިބިގެންދާނެ ކަމަށެވެ. 

އަދި 15 ފެބްރުއަރީން 31 ޖުލައި އާއި ހަމައަށް އެސްއެމްއެސް ކުރައްވާ ފަރާތްތަކުގެ މެދުގައި ގްރޭންޑް ލަކީޑްރޯއެއް ނެގޭނެކަމަށާއި، އެ ލަކީޑްރޯގެ ނަސީބުވެރިފަރާތަކަށް 30،000 ރުފިޔާ، 50،000 ރުފިޔާ އަދި 100،000 ރުފިޔާ ލިބިގެންދާނެ ކަމަށް އެންޒީން މައުލޫމާތު ދީފައިވެއެވެ. 

އެންޒީން ބުނެފައިވަނީ ޕްރޮމޯޝަންގެ ދަށުން 13 މަސްދަޅު ބައްލަވައިގަންނަވާނަމަ ފްރީ ޑެލިވަރީގެ ހިދުމަތް ލިބޭނެކަމަށެވެ. އަދި އޯޑާ ކުރުމަށް އެންޒީގެ ހޮޓްލައިން އަށް 7248899 (މާލޭ ކަސްޓަމަރުން) އަދި 7258899 (ހުޅުމާލެ ކަސްޓަމަރުން) ހެނދުނު 8:30 އާއި ހަވީރު 04:00 އާއި ދެމެދު ގުޅުއްވުމަން އެންޒީން ވަނީ އެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް