ads
ޝަމްހާ ކުރީގެ ރޭހަކަށް ފަހު
ފަސް ކިލޯމީޓަރުގެ މުޅިން އާ ރެކޯޑެއް ޝަމްހާއަށް
ޖަރުމަންގައި ބޭއްވި ރޯޑް ރަންގައި ރޭހުގައި ވާދަކޮށް ފަސް ކިލޯމީޓަރުގެ ދުވުމުގެ ރޭހެއް 20 މިނިޓަށްވުރެ އަވަހަށް ނިންމި ފުރަތަމަ ދިވެހި އަންހެނަކަށް މިހާރުވެސް ގައުމީ އެތައް ރެކޯޑެއް ހޯލްޑްކުރާ ކުރީގެ އެއްވަނަ ދުވުންތެރިޔާ ޝަމްހާ އަހުމަދު ވެއްޖެއެވެ.

ޖަރުމަންގެ ލެވަކޫސަންގައި އޮތް 41 ވަނަ ރޯޑް ރަންގައި ވާދަކޮށް ޝަމްހާ ފަސް ކިލޯމީޓަރުގެ ރޭސް ނިންމީ 19 މިނެޓާއި 15 ސިކުންތުންނެވެ. މީގެ ކުރިން ދިވެހި އަންހެން ދުވުންތެރިޔަކަށް ފަސްކިލޯ މީޓަރުގެ ރޭސް 20 މިނެޓަށް ވުރެ އަވަހަށް ނިންމިފައެއް ނުވެ އެވެ.

އުމުރުން 40 އަހަރުގެ ޝަމްހާ ގައުމީ ރެކޯޑް އާކުރިރިއިރު، ފަސް ކިލޯމީޓަރިގެ ރެކޯޑް ކުރިން ވެސް އޮތީ ޝަމްހާ އަތުގަ އެވެ. ޖަރުމަންގައި މިދިޔަ އަހަރު ބޭއްވި ރޭސް ޝަމްހާ ނިންމީ 20 މިނެޓާއި 8 ސިކުންތުންނެވެ.

ޝަމްހާވަނީ މިދިޔަ ޖަނަވަރީ މަހު ބަންގްލަދޭޝްގައި އޮތް ބަންގުބަންދު މެރަތަންގެ، ހާފް މެރަތަން ކެޓަގަރީގައި ވާދަކޮށް ހާފް މެރަތަންގެ ގައުމީވެސް އާކޮށްފައެވެ. މިދިޔަ ސެޕްޓެމްބަރު މަހު ނޯވޭގެ އޮސްލޯ މެރަތަންގައި ވާދަކޮށް ޝަމްހާ ހެދި ރެކޯޑް ޖަނަވަރީ މަހުެ ޑާކާގައި އޭނާ މުގުރާލީ 1 ގަޑިރާއި 26 މިނެޓާއި 41 ސިކުތުން ހާފް މެރެތަން ނިންމައިގެނެވެ. އޮސްލޯގައި ހާފް މެރަތަން ޝަމްހާ ނިންމީ 1 ގަޑި 27 މިނެޓާއި 51 ސިކުންތުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް