ads
ވ ފުލިދޫ: ފޮޓޯ މޯލްޑިވްސް މެގަޒިން
ފަތުރުވެރިއެއްގެ ލޯމަތީ ޖެހި މީހަކަށް ބޮޑު ޖޫރިމަނާއެއް!
ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެއްގެ ލޯމަތީގައި ޖެހި މީހަކަށް ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހިއްޖެ އެވެ.

ވ ފުލިދޫ ކޯޓުން ކޮށްފައިވާ ހުކުމުގައި ވާގޮތުން މި މާރާމަރީ ހިންގާފައިވަނީ އެރަށުގައި މިދިޔަ މޭމަހުގެ ހަތަރު ވަނަ ދުވަހު އެވެ.

މިމައްސަލާގައި އަނިޔާއެއް ދިނުމުގެ ދައުވާ އުފުލާފައިވަނީ ވ ފުލިދޫ ހުވަނދުމާގޭ އިބްރާހިމް ފިފްޝާންގެ މައްޗަށެވެ. އޭނާވަނީ ކޯޓްގައި ކުށަށް އިއުތިރާފް ވެފައެވެ.

މި ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަލުން ނަމަވެސް ކުށަށް އިއުތިރާފްވުމުން އަދަބުގެ މިންވަރު އެއް ދަރަޖަ ވަނީ ދަށްކޮށްފައެވެ.

މިމައްސަލާގައި އަދަބުގެ ދަރަޖަ ދަށް ކުރުމުން އެއް މަހާއި 24 ދުވަހަށް ޖަލަށް ހުކުމްކުކުރެވޭ ނަމަވެސް ޖަލު އަދަބު ޖޫރިމަނާއަކަށް ބަދަލު ކުރުމަށް، ދައުވާލިބޭ ފަރާތުން އެދުމުން، އަދި ދައުލަތުން އެކަމަށް އިންކާރުކޮށްފައި ނުވުމުން މެޖިސްޓްރޭޓްވަނީ އޭނާ 10,800 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ވެސް ހުކުމުގައި ވަނީ އަންގާފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް