ads
އިބްރާހީމް ރަޝީދު މޫސާ (ބުރޯ)
ދަރިފުޅުގެ މަރާއި ބްރޯ ރަޝީދު އަތުގައި އޮތް ޗޭނުކޮޅާ އޮތް ގުޅުން ހާމަކޮށްފި
މީގެ އަށް އަހަރު ކުރިން އަނިޔާވެރިގޮތަކަށް މަރާލި ނަދާލް ރަޝީދު، ގެ ހަނދާނުގައި އަތުގައި އަޅާފައިވާ ޗޭނުކޮޅުގެ ހަގީގަތް އޭނާގެ ބައްޕަ ރަޝީދު މޫސާ (ބްރޯ ރަޝީދު) ހާމަކޮށްފިއެވެ.

ދިވެހި ފިލްމީ ދާއިރާއިން މަޝްހޫރުވި ބްރޯ ބުނީ އޭނާގެ އަތުގައި އަޅާފައިވާ ޗޭނުކޮޅާ ގުޅޭގޮތުން ވަރަށް ގިނަ ރަށްޓެހިން އޭނާ ގާތުގައި އަތުގައި ކީއްކުރަން އަޅާފައި އޮންނަ ޗޭނުކޮޅެއްތޯ ސުވާލު ކުރާކަމަށެވެ. 

އޭނާބުނީ އެ ޗޭނުކޮޅަކީ އޭނާގެ ދަރިފުޅު ނަދާލް ރަޝީދު "ޝަހީދުކޮށް އެއްލާލިއިރު" އޭނާގެ ކަރުގައި އޮތް ފަށްކަމަށެވެ. 

 "މިއީ އަޅުގަނޑުގެ ދަރިފުޅު ނަދާލް ރަޝީދު ޝަހީދުކޮށް އެއްލާލިއިރު ކަރުގަ އޮތް ފަށް. އޭނައަށް އިންސާފުލިބެންދެން، އޭނާއަށް އިންސާފު ހޯދައިދޭން ކުރަންޖެހޭ މި މަސައްކަތުގައި ކޮންމެ ދުވަހަކުވެސް އަޅުގަނޑަށް ހަނދާންކޮށްދެނީ މި ޗޭނުކޮޅު،" ބްރޯ ރަޝީދު ބުންޏެވެ. 

your imageމަރާލާފައިވާ ބްރޯ ރަޝީދުގެ ދަރިފުޅު ނަދާލް

މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ)ގެ ޗެއާމަންގެ މަގާމަށް މަޝްހޫރު ކެމެރާމަން ޝިވާޒް އަބްދުﷲ (މާސްކޭ) އާއި އެކު އިބްރާހިމް ރަޝީދު މޫސާ (ބުރޯ) ވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ކުރިމަތިލާފައެވެ. އެ އިންތިހާބު ކާމިޔާބުކުރީ މާސްކޭއެވެ.

މީގެ ކުރިން ބްރޯ ރަޝީދު ވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައިވެސް ވާދަކޮށްފައެވެ.  

47%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް