ads
މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ ސަރަހައްދުގައި ބަހައްޓާ ކަނޑު އުޅަނދުފަހަރު ދިވެހި ފުލުހުންގެ ހިދުމަތުން ނަގަމުންދާނެ - ފޮޓޯ:އެމްއޭސީއެލް
ހުޅުލޭގެ އިރުއުތުރު ސަރަަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފި
ހުޅުލޭގެ އިރުއުތުރު ފަރާތުގައި ޕައިލިން މަސައްކަތް ކުރުމަށްޓަކައި‌، އެ ސަރަހައްދުގައި އަޅާފައިވާ ކަނޑު އުޅަނދުތައް ނެގުމަށް އެމްއޭސީއެލުން އަންގައިފިއެވެ.
Advertisement

އެމްއޭސީއެލުން އެގޮތަށް އަންގާފައިވަނީ އެ ކުންފުނީގެ ފަރާތުން މިއަދު ނެރުނު އެންގުމެއްގައެވެ. އެ އެންގުމުގައި ވަނީ ހުޅުލޭގެ އިރުއުތުރު ފަރާތުގައި ހުޅުލެ އާއި ހުޅުމާލޭގެ ފަޅު ވަކި ކުރުމަށްޓަކައި‌،‌ ވޯޓަ ފެންސް ޖެހުމަށް ހަރުކޮށްފައިވާ އޮރެންޖު ބޮއި ސަރަހައްދުގައި ޕައިލިން މަސައްކަތް ކުރުމަށް އެ ސަރަހައްދުގައި އަޅާފައިވާ ކަނޑު އުޅަނދުފަހަރުތައް މި މަހުގެ ނުވަވަނަ ދުވަހުގެ ކުރިން ނެގުމަށް އަންގާ ކަމަށެވެ.  

އޮރެންޖު ބޮއި އިން ފެށިގެން އުތުރަށް (ހުޅުމާލެ ފަޅިއަށް) 20 މީޓަރު ނުވަތަ 65 ފޫޓުގެ ދުރުމިނެއް ކަނޑު އުޅަނދުފަހަރުގެ ރައްކާތެރިކަމަށް ޓަކައި ބެހެއްޓުމަށް އެމްއޭސީއެލުން އެދެއެވެ. އެމްއޭސީއެލުން ބުނި ގޮތުގައި އެ ސަރަހައްދަށް ވަންނަ އެއްވެސް ކަނޑު އުޅަނދުފަހަރަކަށް ލިބޭ ގެއްލުމުގެ ޒިންމާ އެ ކުންފުނިން ނުނަގާނެ ކަމުގައެވެ.

އެމްއޭސީއެލުން ބުނެފައިވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ ސަރަހައްދުގައި ބަހައްޓާ ކަނޑު އުޅަނދުފަހަރު ދިވެހި ފުލުހުންގެ ހިދުމަތުން ނަގަމުންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް