ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މި އޮޕަރޭޝަނަކީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރިކަމަށް ފުލުހުންނަށް ލިބިފައިވާ އިންޓެެލިޖެންސް މައުލޫމާތުގެ މައްޗަށް ހިންގުނު އޮޕަރޭޝަނެއް ކަމަށެވެ.
ހަމީދު ވިދާޅުވީ ފުލުހުން މި އޮޕަރޭޝަން ހިންގާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު މާލޭގައި ކަމަށެވެ.
ފުލުހުންގެ އޮޕަރޭޝަނުގައި މާލޭގެ 10 ތަނެއް ބަލާފާސްކޮށް، ފަސް ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށާއި ފޮރުވާފައި ހުރި 4.097 ކިލޯ ހެރޮއިން ވެސް ހޯދާފައިވާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
ނަމަވެސް މި އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްސީލެއް ސީޕީ ނުދެއްވައެވެ. އަދި މިކަމާއި ގުޅޭގޮތުން ފުލުހުންގެ އިދާރާއިންވެސް އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.