ރިސޯޓު ވޯކާސް މޯލްޑިވްސްގެ ފޭސްބުކް ޕޭޖުގައި ވަނީ ރާއްޖޭގެ 45 ރިސޯޓަކުން މިދިޔަ ފެބްރުއަރީ މަހު އެ ރިސޯޓުތަކުގެ މުވައްޒަފުންނަށް ދީފައިވާ ސާވިސް ޗާޖުގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުގައި ހަތަރު ރިސޯޓަކުން ވަނީ 2،000 ޑޮލަރަށް ވުރެ އިތުރަށް ސާވިސް ޗާޖުގެ ގޮތުގައި ދީފައެވެ.
މުވައްޒަފުންނަށް އެންމެ ބޮޑު އަދަދެއްގެ ސާވިސް ޗާޖް ދީފައިވާ ރިސޯޓުތަކަކީ:
ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓަކީ 134 އެނދުގެ ރިސޯޓެކެވެ. ރިޒް ކާލްޓަން ފަރި އައިލެންޑް ރިސޯޓުގައި 232 އެނދު ހުންނައިރު ޝެވަލް ބްލާންކް ރަންދެލި ރިސޯޓުގައި 120 އެނދު ހުރެއެވެ. ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓަކީ 272 އެނދުގެ ރިސޯޓެކެވެ.
ރިޒް ކާލްޓަން ފަރި އައިލެންޑް ރިސޯޓް - މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި 2،407.83 ޑޮލަރު ވަނީ ދީފައި - ފޮޓޯ:ރިޒް ކާލްޓަން ފަރި އައިލެންޑް ރިސޯޓް
މި އަހަރުގެ ޖެނުއަރީ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ރިޒް ކާލްޓަން ފަރި އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 4،508.74 ޑޮލަރު (69،524.77 ރުފިޔާ) ދީފައިވެއެވެ.
އިއްޔެގެ ނިޔަލަށް ރާއްޖެއަށް 393،839 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ މަހު 177،914 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.