މިބައްދަލުކުރެއްވުން އޮތީ މިހާރު ކުރިޔަށްދާ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސް ވަނަ ކޮންފަރެންސްގެ ހަވާސާގައި ގަތަރުގެ ވެރިރަށް ދޯހާގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހްއާއި ސާބިއާގެ ރައީސް ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި ދެގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ދެ ރައީސުން ވަނީ ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައި އެ އެއްބަސްވުންތަކާ އެކު ކުރިއަށް ދާން ޖެހޭ ކަން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެބޭފުޅުންވެސް ދެގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ބަދަހިކުރުމަށާއި، ކްރޮސް ސެކްޓަރ އެއްބާރުލުން އަލުން އާކުރުމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވަމުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.