ads
ސިއްހީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި ކޮންމެ ކުއްޖަކުވެސް އެންމެ ތުއްތުއިރުން ފެށިގެން ގަވައިދުން ހެލްތް ސްކްރީން ކުރުމަކީ ވަރަށް މުހިންމު ކަމެއް - ފޮޓޯ:ޓްރީ ޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕް ހޮސްޕިޓަލުން މުޅިން އަލަށް ވެލް ޗައިލްޑް ޕެކޭޖް
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަސްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މުޅިން އަލަށް ވެލް ޗައިލްޑް ޕެކޭޖް ތައާރަފުކޮށްފިއެވެ.
Advertisement

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ސިއްހީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި ކޮންމެ ކުއްޖަކުވެސް އެންމެ ތުއްތުއިރުން ފެށިގެން ގަވައިދުން ހެލްތް ސްކްރީން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަސްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކޮންމެ ކުއްޖަކަށްވެސް މި ސްކްރީނިން ޕްރޮގްރާމުތަކުގެ ހިދުމަތް ފަސޭހަކަމާ އެކު ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ވެލް ޗައިލްޑް ޕެކޭޖް ތައާރަފުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި މި ޕެކޭޖް ބޭނުންކޮށްގެން މައިންބަފައިންނާއި ބެލެނިވެރިންނަށް ކުއްޖާގެ ސިއްހަތާއި ދުޅަހެޔޮކަމާ ގުޅޭގޮތުން އެެނގެން ޖެހޭ ގިނަ މައުލޫމާތުތައް އެނގިގެންދާނެ ކަމުގައެވެ. އެގޮތުން ކުޑަކުދިންގެ ހާއްސަ ތަޖުރިބާކާރު ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ނަގަން ޖެހޭ ފިޔަވަޅުތައް ނެގުމުގެ ނަތީޖާއެއްގެ ގޮތުން ކުއްޖާގެ ހެދިބޮޑުވުމުގައި އެއްވެސް އުނިކަމެއްވާ ނަމަ އެކަަމަށް ދެވެން އޮތް އެންމެ އެކަށީގެންވާ ފަރުވާ ދެވިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

އެ ހޮސްޕިޓަލުން ބުނީ މި ޕެކޭޖް އެކުލަވާލާފައިވަނީ ތަފާތު އިންވެސްޓިގޭޝަންތަކާއި ޕްރޮސީޖަތަކުގެ މައްޗަށް ކަމަށެވެ. އެގޮތުން ނިއުޓްރިޝަނަލް އެސެސްމެންޓް، އަޔަން އަދި ފެރިޓިން ޗެކްއަޕް، ފުލް ބްލަޑް ކައުންޓް، ލިވާ އަދި ރެނަލް ފަންކްޝަން ފަދަ ތަފާތު ޓެސްޓުތައް މި ޕެކޭޖްގައި ހިމެނޭ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ. 

ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ވެލް ޗައިލްޑް ޕެކޭޖް ތިން ބަޔަކަށް ބަހާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ،

  • ވެލް ޗައިލްޑް ޕެކޭޖް (ހަ އަހަރުން ދަށުގެ ކުދިންނަށް)
  • ވެލް ޗައިލްޑް ޕެކޭޖް (ހަ އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް)
  • ވެލް ޗައިލްޑް ޕެކޭޖް (ތޭރަ އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް)

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން އެ ހޮސްޕިޓަލުން މިހާރުވެސް އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު އާ ހިދުމަތްތައް ތައާރަފު ކުރަމުންނެވެ.

އިތުރު މައުލޫމާތު ހޯދުމަށް 3351610 ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް