ads
ކުޑަކުދިންގެ ހިޔާ--
މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ބެލުމުގެ ދަށުގައި 187 ކުއްޖަކު
2022 ވަނަ އަހަރު ނިމިގެންދިޔަ އިރު ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 187 ކުއްޖަކު ތިބި ކަމަށް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް އިން ބުނެފިއެވެ.

ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް އިން އާންމު ކުރި "ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން، ފޮސްޓަރިން، އަދި ރިއިންޓެގްރޭޝަން ޚިދުމަތުގެ 2022 ވަނަ އަހަރުގެ ތަފާސްހިސާބު"ގައިވާ ގޮތުން މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 105 ފިރިހެން ކުދިންނާއި 82 އަންހެން ކުދިންނާއެކު ޖުމްލަ 187 ކުދިންނެވެ.

އެ އިދާރާއިން ބުނެފައިވަނީ މިދިޔަ އަހަރު އަލަށް 42 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 17 ފިރިހެން ކުދިންނާއި 23 އަންހެން ކުދިންނެވެ.

އޭގެ އިތުރުން އާއިލާތަކާއި ނުވަތަ ވަޒީފާގެ އިތުރުން އިންޓާންޝިޕުގެ ފުރުސަތު ހޯދައިދީ 40 ކުއްޖަކު މިދިޔަ އަހަރު ރީއިންޓެގްރޭޓް ކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެން 22 ކުދިންނާއި ފިރިހެން 18 ކުއްޖެކެވެ.

މިދިޔަ އަހަރު 10 ކުއްޖަކަށް ބެލެނިވެރިކަން ހޯދާދީފައިވެއެވެ. އެއީ އަންހެން ހަތް ކުދިންނާއި ފިރިހެން ތިން ކުއްޖެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް