ads
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު---
ޑޮލަރު ގަތުމަށް ކުރާ ހަރަދު ޓެކްސް ފައިލް ކުރާއިރު ހިމެނޭނެ: މިނިސްޓަރު
އަގު ބޮޑުކޮށް ޑޮލަރު ގަންނަން ވިޔަފާރިތަކުން ކުރާ ހަރަދު ޓެކްސް ފައިލްކުރާއިރު ހިމެނުމަށް ހުރަހެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ޓެކްސް ސަބްމިޝަންގެ ގޮތުގައި މީރާ އިން ބަލާ މިންގަނޑަކީ ޑޮލަރަކަށް 15.42 ރުފިޔާގެ ރޭޓު ކަމަށާއި ނަމަވެސް ބްލެކް މާކެޓްގައި ޑޮލަރެއް ލިބެނީ 17 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑުކޮށް ކަމަށް ބުނެ، ވިޔަފާރިތަކުން ޕްރޮފިޓް ޓެކްސް ދައްކަންޖެހި، ގެއްލުން ވަމުން އަންނަ ކަމަށާއި، މިކަން ހައްލުކުރުމަށް މިނިސްޓްރީން އަޅުއްވާ ފިޔަވަޅަކީ ކޮބައިތޯ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ލިޔުމުން ޖަވާބު ހޯދެއްވުމަށް ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބު ގައެވެ.

މި ސުވާލަށް ދެއްވި ޖަވާބުގައި މިނިސްޓަރު އަމީރު ވިދާޅުވީ ޑޮލަރު ގަތުމުގެ މުއާމަލާތްތައް ލިޔެކިޔުމުން ބަލަހައްޓާފައިވާނަމަ ޓެކްސް ފައިލްކުރާއިރު އެކަން ހިމެނުމުގައި ހުރަހެއް ނެތް ކަމަށެވެ. 

މީގެ އިތުރުން ދޮލަރުގެ އަގު ބޮޑުވުމުގެ މައްސަލަތައް ހައްލުކުރުމަށް އެމްއެމްއޭއާއިއެކު ޑީ ޑޮލަރައިޒޭޝަން ސްޓްރެޓަޖީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެމެރިކާ ޑޮލަރެއް ވިއްކާ ރަސްމީ އަގަކީ 15.42 ރުފިޔާ ކަމަށް ކަނޑައެޅިފައިވީ ނަމަވެސް ކަޅުބާޒާރުގައި 17 ރުފިޔާއިން މަތީގައި ޑޮލަރެއް ހުންނަތާ އަހަރުތަކެއް ވެއްޖެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް