ads
ފިޔޯރީ ކައުންސިލުން ނައިބު ރައީސް އަށް ބައްދަލުކުރެއްވުން__ފޮޓޯ/ރައީސް އޮފީސް
ފިޔޯރީ ރައްޔިތުންގެ ކަންބޮޑުވުންތައް ނައިބު ރައީސަށް
ގދ. ފިޔޯރީގެ ތަރައްގީއަށްޓަކައި ހިންގަމުން އަންނަ މަޝްރޫއުތައް ލަސްވަމުންދާތީ ކަންބޮޑުވުންތައް ނައިބު ރައީސް ފައިސަލް އަށް ހިއްސާކުރައްވައިފި އެވެ.
Advertisement

ފިޔޯރީ ކައުންސިލު މެންބަަރުން މިއަދު ވަނީ ރައީސް އޮފީހުގައި ނައިބު ރައީސްއަށް ބައްދަލުކުރައްވާ އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުންނާއި ރަށުގެ ތަރައްޤީގެ މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

 މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ އެރަށުގެ ސްކޫލުގައި ދާދި ފަހުން ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން ރަށުގެ ސްކޫލުގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކުރަން ޖެހުމުންނާއި އެ ހާދިސާގެ ސަބަބުން ސްކޫލު ހިންގުމަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ފާހަގަކުރައްވާފައެވެ.

އޭގެ އިތުރުން އެ ބޭފުޅުން ވަނީ ރަށުގެ ސިއްހީ މަރުކަޒު ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތައް ވެސް ނައިބު ރައީސަށް ހިއްސާ ކުރައްވާފައެވެ. އަދި  ރަށުގެ ތަރައްގީއަށްޓަކައި ހިންގާ ބައެއް މަޝްރޫއުތައް ލަސްވަމުންދާތީ އެކަންކަން އަވަސް ކުރުމަށް ބޭނުންވާކަމުގައި އެބޭފުޅުން ފާހަގަކުރެއްވެވިއެވެ. އެގޮތުން ފެނާ ނަރުދަމާގެ މަޝްރޫއު އެބޭފުޅުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ އެއްވެސް ރަށެއް ބާކީ ނުކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ފާހަގަކުރައްވާފައެވެ.  އަދި ފިޔޯރީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާ އެކަންކަމަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް