ads
ދ. ބަނޑިދޫގައި ޖިމް ތަރައްގީކުރުމުގެ މަސައްކަތަށް ބިންގާ އެޅުން__ސަން ފޮޓޯ
ސަން ސިޔާމް އެހީއާއެކު ބަނޑިދޫއަށް ޒަމާނީ ފެންވަރުގެ ޖިމެއް
ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދުގެ އެހީތެރިކަމާއެކު ދ. ބަނޑިދޫގައި އައުޓް ޑޯ ޖިމެއް ގާއިމް ކުރަން ފަށައިފިއެވެ.
Advertisement

އެ ޖިމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިދިޔަ އާދިއްތަ ދުވަހު ވަނީ ބިންގާ އަޅާފައެވެ. ޖިމުގެ ބިންގާ އަޅާ ދެއްވީ އެރަށު ކައުންސިލްގެ ރައީސް މުހައްމަދު މޫސާ އާއި ސަން ކޮންސްޓްރަކްޝަން ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު ހުސައިން ސާލިމް މުހައްމަދެވެ.

އެރަށު ކައުންސިލްގެ ރައީސް މުހައްމަދު މޫސާ ސީއެންއެމް އަށް ވިދާޅުވީ، ބަނޑިދޫގައި ގާއިމްކުރާ ޖިމާއެކު ރަށުގެ ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ގެނުވި ކަމަށާއި އެއީ ދާއިރާގެ ރަށްރަށަށް ކޮށްދެއްވަން ސިޔާމް ވައުދުވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ވައުދެއް ކަމަށެވެ.

"މިއީ ރާއްޖޭގެ އެހެން ރަށްރަށުގައި ހުންނަ އައުޓް ޑޯ ޖިމްތަކަށް ވުރެއް ތަފާތު ކޮންސެޕްޓަކަށް ހަދާ ޖިމެއް" މޫސާ މުހައްމަދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ، ޖިމްގައި ބޭނުން ކުރާ 20 ސެޓް ސިޔާމް ވަނީ ކުރިން ހަދިޔާކުރައްވާފައި ކަމަށާއި އެ ސެޓްތައް ނުލާ ޖުމްލަ ޕްރޮޖެކްޓްގެ އަގު 231000 އަށް އަރާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެއީ ރަށު ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށާއި ދާއިރާގެ މެންބަރުގެ އެހީތެރިކަމާއެކު އެކަން ކުރެވޭތީ އެމަނިކުފާނަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ބަނޑިދޫގައި ގާއިމް ކުރާ ޖިމްގެ މަސައްކަތް ހަވާލްކޮށްފައިވަނީ ދެ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ސޯސަން ބިލްޑާސް ކިޔާ ކުންފުންޏަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް