ads
ސަރުކާރުގެ ފަރާތުން ވަނީ 1.8 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކުމަށް ހުޅުވާލާފައި - ފޮޓޯ:އަވަސް
1.8 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކަން ހުޅުވާލައިފި
ސަރުކާރުގެ ފަރާތުން 1.8 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ ބިލް) ވިއްކުމަށް ހުޅުވާލައިފިއެވެ.
Advertisement

ފިނޭންސް މިނިސްޓްރީން ވިއްކުމަށް ހުޅުވާލާފައިވަނީ ހަތަރު ޓީ ބިލެކެވެ. އެ ގޮތުން އެ މިނިސްޓްރީން އިއުލާނުކޮށްފައިވަނީ:

  • 28 ދުވަހުން އަނބުރާ ދެއްކުމަށް - 514 މިލިއަން ރުފިޔާގެ ޓީ ބިލެއް
  • 98 ދުވަހުން ދެއްކުމަށް - 420 މިލިއަން ރުފިޔާގެ ޓީ ބިލެއް
  • 182 ދުވަހުން ދެއްކުމަށް - 110 މިލިއަން ރުފިޔާގެ ޓީ ބިލެއް
  • 363 ދުވަހުން ދެއްކުމަށް - 781.8 މިލިއަން ރުފިޔާގެ ޓީ ބިލެއް

މި މަހުގެ 13 ވާ ހޯމަ ދުވަހަކީ މި ބިލުތަކުގެ ސެޓްލްމަންޓް ދުވަސް ކަމުގައި ކަނޑައަޅާފައިވާއިރު، ޓީ ބިލުތަކުގެ އިންޓްރަސްޓް ރޭޓް ހުރީ 3.50 އިންސައްތަ އާއި 4.60 އިންސައްތަ އާ ދެމެދުގައެވެ.

ޓީ ބިލުތަކުގެ އިންޓްރަސްޓް ރޭޓް ހުރިގޮތް:

  • 514 މިލިއަން ރުފިޔާގެ ޓީ ބިލް - 3.50 އިންސައްތަ
  • 420 މިލިއަން ރުފިޔާގެ ޓީ ބިލް - 3.87 އިންސައްތަ
  • 110 މިލިއަން ރުފިޔާގެ ޓީ ބިލް - 4.23 އިންސައްތަ
  • 781.8 ބިލިއަން ރުފިޔާގެ ޓީ ބިލް - 4.60 އިންސައްތަ

އާންމު ގޮތެއްގައި ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން ބައެއް ބޭންކްތަކުންނެވެ. އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީ ބިލް ގަނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް