
މޯލްޑިވްސް އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން،
- މި އަހަރުގެ ފެބްރުއަރީ މަހު 177،915 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވޭ
- މިއީ މި އަހަރުގެ ޖެނުއަރީ މަހު އައި ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު 3.1 އިންސައްތަ އިތުރުވުމެއް
ވޭތުވެދިޔަ ހަތަރު އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު:
- 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު - 149،011 ފަތުރުވެރިން
- 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު - 96،882 ފަތުރުވެރިން
- 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު - 149،787 ފަތުރުވެރިން
- 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު - 167،716 ފަތުރުވެރިން
ނިމިދިޔަ މަހު، އެވްރެޖުކޮށް ދުވާލަކު 6،354 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 8،029 ފަތުރުވެރިން އައެވެ. މިއީ ކޮވިޑަށް ފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި ދުވަސް ކަމަށް ޓޫރިޒަމް މިނިސްޓްރީންވެސް ބުނެފައިވެއެވެ. ނިމުނު މަހު އެންމެ މަދު އަދަދަކަށް ފަތުުރުވެރިން އައި ދުވަހު ރާއްޖެއަށް އައިސްފައިވަނީ 4،145 ފަތުރުވެރިންނެވެ.
މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 393،839 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.