އެހޮސްޕިޓަލުން މިހެން ބުނީ މިއަދު ކުރި ޓްވިޓެއްގައެވެ. އައިޖީއެމްއެޗުން ބުނީ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށައި މައްސަލަ ހައްލުވިހާ އަވަހަކަށް ހިދުމަތް ދޭން ފެށޭނެ ކަމަށެވެ.
އައިޖީއެމް ހޮސްޕިޓަލަކީ ރާއްޖެގައި އެއް ހޮސްޕިޓަލަކުން އެންމެ ގިނަ މީހުން ހިދުމަތް ހޯދާ ހޮސްޕިޓަލެވެ. ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު އެ ހޮސްޕިޓަލުން ހިދުމަތް ހޯދާއިރު، ގިނަ ބަޔަކަށް ލެބޯރެޓަރީގެ ހިދުމަތް ވެސް ހޯދަން ޖެހެއެވެ.
މީގެއިތުރުން އެހެން ހޮސްޕިޓަލްތަކާއި ކުލިނިކްތަކަށް ދައްކާ ވަރަށް ގިނަ ބަޔަކުވެސް ލެބް ޓެސްޓްތައް ހެދުމަށް އައިޖީއެމްއެޗަށް ދާކަން ފާހަގަ ކުރެވެއެވެ.