ads
އެގްރޯނެޓްގެ އެމްޑީ ހާރޫން ސީއެންއެމްއަށް އިންޓަވިއު ދެއްވަނީ: ފޮޓޯ ސީއެނއެމް
އެގްރޯނެޓުން ރޯދައަށް 124 ޓަނަށްވުރެ ގިނަ ކަރާ ބާޒާރަށް ނެރޭނެ
ކުރިއަށް ރޯދަމަހަށް އެގްރޯނެޓްގެ ކޮންޓްރެކްޓް ދަނށުވެރިން މެދުވެރިކޮށް 124 ޓަނަށްވުރެ ގިނަ ކަރާ ބާޒާރަށް ނެވެރެވޭނެކަމަށް، އެގްރޯނެޓްގެ މެނޭޖިންގ ޑައިރެޖްޓަރ ހާރޫން ވިދާޅުވެއެޖެއެވެ.

ރޯދައާއި ދިމާކޮށް އެގްރޯނެޓް ކޯޕޮރޭޝަނުން ވަމުންދާ ތައްޔާރީތަކާއި ބެހޭގޮތުން ސީ.އެން.އެމް އަށް މަޢުލޫމާތު ދެއްވަމުން ހާރޫން ވިދާޅުވީ، ފާއިތުވި ރޯދަ މަހުވެސް 100 ޓަނުގެ ކަރާ އެގްރޯނެޓުން ބާޒާރަށް ނެރުނުކަމަށާއި، މިއަހަރު އެއަަށްވުރެ އިތުރަަށް 124 ޓަނު ކަރާ ބާޒާރަށް ނެރެވޭނެކަމުގެ ޔަގާންކަން އެބައޮތް ކަމަށެވެ.

ސަރުކާރުން އެގްރޯނެޓް ކުންފުނި އުފެއްދުމުގެ އެއް ބޭނުމަކީ، ދަނޑުވެރިން ހައްދާ ތަކެތި ރަނގަޅު މާކެޓަށް ނެރި، އޭގެ އެއްމެ ފުރިހަމަ އަގު ދަނޑުވެރިންނާއި ހަމައަށް ލިބި، އަދި ގަންނަ ފަރާތްތަކަށްވެސް އެކަށީގެންވާ ރަނގަޅުއަގެއްގައި އަބަދުމެ ލިބެންހުރުން ކަމަށްވާިއިރު، މިއަމާޒަށް ވާސިލްވުމަށް އެގްރޯނެޓް ގެ ފަރާތުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުން އަންނަކަމަށް ހާރޫން ވިދާޅުވިއެވެ.

މިގޮތުން އެގްރޯނެޓްގެ ފަރާތުން މިދިޔަ ރޯދަ މަހު 100 ޓަނު ކަރާ ބާޒާރަށް ނެރުމުން ބާޒާރުގައި ކަރަލުގެ އަގު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ދެވުނު ވަރަށް ބޮޑު އެހީ އަކަށް ވެގެންދިޔަކަމަށް ވެސް ހާރޫން ވިދާޅުވިއެވެ. 

ހާރޫން ވިދާޅުވީ އުއްމީދަކީ މިއަހަރުވެސް، ބާޒާރުގައި ކަރާގެ އަގު ބޮޑުވިޔަ ނުދީ ހިފެހެއްޓުން ކަމަށާއި، އެކަން ކުރެވޭނީ، ޑިމާންޑާއި އެއްވަރަށް ސަޕްލައި ކުރެވިގެންކަމަށްވާއިރު، އެގްރޯނެޓުން ބާޒާރަށް ނެރޭ 124 ޓަނުގެ ކަރާގެ ސަބަބުން ބާޒާރުގައި ކަރާގެ ޑިމާންޑް އާއި އެއްވަރަށް ސަޕްލައި ހިފެހެއްޓޭނެ ކަމާއި މެދު ވަރަށް ބޮޑު އިތުބާރެއް އެބައޮތްކަމަށްވެސް ހާރުން ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ހާރޫން ފާހަގަ ކުރެއްވި ގޮތުގައި، މިކަން އެގްރޯނެޓަށް ފަހިވެގެން ދަނީ، އެގްރޯނެޓަށް އިތުބާރުކޮށް، ކުންފުނީގެ އިރުޝާދާއި އެއްގޮތަށް މަސައްކަތްކުރަމުންދާ ހީވާގި ދަނޑުވެރިންގެ ސަބަބުން ކަމަށާއި، މިވަގުތާއި ހަމައަށް 400 އަށްވުރެ ގިނަ ދަނޑުވެރިން، މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވާކަމަށެވެ. 

އަދި އުއްމީދަކީ، މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެެއްވި ގޮތަށް، މިއަހަރު ނިމިގެންދާއިރު 700 އަށްވުރެ ގިނަ ދަނޑުވެރިން ފީލްޑްގައި މަސައްކަތަށް ނިކުމެ އުޅުންކަމަށާއި، އެކަމަށްޓަކައި މިހާރުވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވާކަމަށްވެސް ހާރުން ވިދާޅުވިއެވެ.

އެގްރޯނެޓް ކޯޕޮރޭޝަން އަކީ 2020 ވަނައަހަރު ވުޖޫދުވެގެންއައި ސަރުކާރުގެ %100 ހިއްސާއޮންނަ ކުންފުންޏެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް