ads
ރަށެއްގެ ގިފިއްޔެއް
ގިފިލި ބަލައި ވަގަށް ވީޑިއޯ ކުރި މީހަކަށް ބޮޑު ޖޫރިމަނާއެއް
ރާއްޖޭގެ އުތުރުގެ އަތޮޅެއްގެ ގިފިލި ބަލައި ވީޑިއޯ ކުރި މީހަކު 28800 ރުފިޔާއިން ޖޫރިމަނާކުރަން ކޯޓުން ހުކުމްކޮށްފި އެވެ.

މީގެ ދެ އަހަރު ކުރިން، ހިނގި މި ހާދިސާއާ ގުޅިގެން ޖޫރުމަނާ ކުރުމަށް ހުކުމްކޮށްފައިވަނީ ދިވެހި ފިރިހެނެއްގެ މައްޗަށް އުތުރުގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކުން މިދިޔަ މަހުއެވެ. އެ މީހާގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަކީ، އެނގިހުރެ ހުއްދަ ނޫންތަނަކަށް ވަނުމުގެ ދައުވާއެވެ.

މިއީ 2021 ވަނަ އަހަރުގެ މާރިޗު މަހުގެ ހަތްވަނަ ދުވަހުގެ ރޭ، އުތުރުގެ ރަށެއްގެ ގެއެއްގައި އެރޭ ރޭގަނޑު 11:30 އެހާކަންހާއިރު އަންހެން ކުއްޖަކު ފެންވަރަށް ހުއްޓައި ފާހާނައިގެ ފެން ލައިޓުން ބަލައި އަދި އަންހެން ކުއްޖާ ފެންވަރާ މަންޒަރު ފޯނުން ރިކޯޑް ކުރި މައްސަލައެކެވެ. އެ ފިރިހެން މީހާއަކީ އެ ރަށުގައި ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ މިކަން ކުރިއިރު ހުރީ އޭނާ މަސައްކަތް ކުރާ ތަނުގެ ޔުނީފޯމުގައިކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

މި މައްސަލައިގައި ތަހުގީގު މަރުހަލާގައި އެ ފިރިހެން މީހާ ކުރި ކަންތަކަށް އިއުރިފާތުވެފައިވެއެވެ. އެހެންނަމަވެސް ޝަރީއަތުގައި އެ މީހާވަނީ އެ ކަމަށް އިންކާރުކޮށްފައެވެ. މައްސަލަ ސާބިތުވީ ދައުލަތުން ހުށަހެޅި ހެކި ބަހަށް ބިނާކޮށެވެ. ދިފާއުގައިވެސް ހެކިން ހުށަހެޅިއެވެ. އެހެންނަމަވެސް ދިފާއުން ހުށަހެޅި ހެކިންގެ ހެކިބަހުގައި އާރުލާ މާ ބޮޑު ވާހަކައެއް ނެތުމުގެ އިތުރުން ހުށަހެޅި ހެކިންނަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހުން ކަމަށްވެސް މައްސަލަ ނިންމި ގޮތުގައި ރިޕޯޓުގައި ބުނެފައިވެއެވެ.

މި މައްސަލައިގެ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަމުގައިވީނަމަވެސް މައްސަލަ ބެއްލެވި މެޖިސްޓްރޭޓްވަނީ 28800 ރުފިޔާގެ ޖޫރިމަނާއަކަށް އެ ހުކުމް ބަދަލުކޮށްފައެވެ. އަދި ކޮންމެ މަހަކު މަދުވެގެން 4800 ރުފިޔާގެ އަދަދެއް މީރާއަށް ދެއްކުމަށް ހުކުމްކޮށްފައިވެއެވެ.

75%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް