
އެމްޑީޕީގެ ޓީމްތައް އަތޮޅުތެރޭގައި:
އެމްޑީޕީން ޓީމްތައް އަތޮޅު ތެރެއަށް
ސީއެންއެމް ނިއުސް ޓީމް
09 މާރޗް 2023 - 15:37:36
އެމްޑީޕީގެ އާއްމު މެމްބަރުންނާއު ބައްދަލުކުރުމަށާއި ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އެމްޑީޕީގެ އިސް ބޭފުޅުންގެ ޓީމްތައް އަތޮޅުތެރެއަށް ދަތުރު ފައްޓަވައިފިއެވެ.
އެގޮތުން މިގޮތުން ފުރަތަމަ ދަތުރުތައް މިއަދު ފަށާފައިވަނީ ހއ. އަތޮޅާއި ގދ. އަތޮޅަށް ކަމަށް އެމްޑީޕީން ބުނެއެވެ.
މި ޓީމްތަކުން މި ދެ އަތޮޅުގެ ހުރިހާ ރަށްކަށް ދަތުރު ކުރާނެ އެވެ. އެމްޑީޕީން ބުނީ މިއަދު ފެށި ދަތުރު ތަކުގައި ބައިވެރިވަނީ އެޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންކަމާށައި ރާއްޖޭގެ ހުރިހާ ރަށަކަށް ޓީމްތައް ދަތުރު ކުރާނެ ކަމަށެވެ.
އެމްޑީޕީގެ އިސް ބޭފުޅުން އަތޮޅުތަކަށް ދަތުރުތައް ފެށިއިރު، އެޕާޓީގެ ދެ ފެކްޝަނުގެ ދެމެދުގައި ހިޔާލުތަފާތުވުން ބޮޑުވެ ރައީސް ނަޝީދުގެ ފެކްޝަނުން ވަނީ ޕާޓީއާއި ފެއަށް ޖެހިފައެވެ.
އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން ތައްޔާރުވަމުން ދާއިރު، މިހާރުގެ ކޯލިޝަންގެ އަދާލަތު ޕާޓީއާއި، މޯލްދިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، އެމްޑީއޭއިން މިހާރުވަނީ ރައީސް ސޯހިލަށް ތާއީދުކޮށް، އެމްޑީޕީއާއި ކޯލިޝަން ހެދުމަށް ނިންމާފައެވެ.
80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް