ads
ގެފުޅު-- ފޮޓޯ: އެކްސްޕްރެސް ނިއުސް
ކޮވިޑް-19 އާ ގުޅިގެން ގެފުޅު ސާފުކުރުމަށް ބަންދުކޮށްފި
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް މަސްޖިލު ހަރަމްގައި ހުންނަ ކައުބާ ނުވަތަ ގެފުޅު ސާފުކުރުމަށް ބަންދުކޮށްފި އެވެ.

ބޭރުގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ގެފުޅު ބަންދު ކުރުމުން، އެ ސަރަހައްދު ވަނީ ފަޅުވެފަ އެވެ. 

ދީނީ އިލްމުވެރިޔާ ޑރ. ޔާސިރް ގަދްރީ އެކަމާ ގުޅިގެން ޓްވިޓާގައި ވިދާޅުވީ ކައުބާ ފަޅުވެފައިވާ ކަމަށާއި، ތަވާފް ވެސް ހުއްޓިފައިވާ ކަމަށެވެ. 

ބައެއް އެހެން ފަރާތްތަކުން ވެސް އަންނަނީ ގެފުޅު ބަންދު ކުރުމުން ޓްވިޓާގައި ހިޔާލު ފާޅުކުރަމުންނެވެ. އެގޮތުން މިއީ ހަޔާތުގައި ގެފުޅު ފަޅުވެފައި ވަނިކޮށް ފެނުނު ފުރަތަމަ ފަހަރު ކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ.

ގެފުޅު ސާފުކުރަން ބަންދުކޮށްފައި މިވަނީ އުމްރާގެ އަޅުކަން މެދުކަނޑާލަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. 

މިދިޔަ ހޯމަ ދުވަހު ސައުދީ އަރަބިއްޔާއިން ފުރަތަމަ ފަހަރަށް ވަނީ ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނިފަ އެވެ. އެމީހާއަކީ މެދުއިރުމަތީގައި އެންމެ ހަލުވިކަމާއެކު މި ބަލި ފެތުރެމުންދާ އީރާނަށް ދަތުރުކުރި މީހެކެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް