ads
ފާރިޝް އަދި ގާސިމް
ގާސިމްއާއި ފާރިޝް ބައްދަލު ކުރައްވައިފި
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ރައީސް އަހުމަދު ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައްދަލު ކުރައްވައިފި އެވެ.

އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބޭގޮތުގައި ފާރިޝްއާއި ގާސިމް ބައްދަލުކުރެއްވީ ގާސިމް ދިރިއުޅުއްވާ ސަން އައިލެންޑް ރިސޯޓުގައި އިއްޔެ އެވެ. ނަމަވެސް ދެބޭފުޅުންގެ ބައްދަލުކުރެއްވުމާއި ގުޅޭ އެއްވެސް ތަފްސީލެއް ނުލިބެއެވެ.

ގާސިމްއާއި ފާރިޝް ބައްދަލުކުރެއްވިއިރު، ސިޔާސީ މަޝްރަހު މިހާރު ހުއްޓިފައި އޮތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ގާސިމް އަޅުއްވާނެ ފިޔަވަޅަކަށެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް ނިކުންނެވުމާއި މެދު އަދި ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ކޯލިޝަނަކާއިއެކު ނުކުތުމާއިމެދުވެސް ގޮތެއް ނިންމުމުގެ ބާރު އެޕާޓީގެ ކައުންސިލުން މިހާރުވަނީ ގާސިމަށް ދީފައެވެ.

އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ތާއީދު ކުރުމަށް ރައީސް ސޯލިހްވަނީ ކޯލިޝަން ޕާޓީތަކަށް ދައުވަތު ދެއްވާފައެވެ. މިހާތަނަށް އެކަމަށް އެއްބަސްވެ އެމްޑީޕީއާއި އެކު ކޯލިޝަން ހެދުމަށް ނިންމާފައިވަނީ އަދާލަތު ޕާޓީ އެކަންޏެވެ.

މިހާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމުން، ރައީސް ސޯލިހްއާއި ކޯލިޝަން ހެދުމަށް އަދި ނުނިންމައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް