މިއަދުގެ މެޗުގައި ޓީސީގެ ތިން ފޯވާޑުން ވަނީ ހެޓްރިކް ހަދާފަ އެވެ. އެއީ އިޝާން އިބްރާހިމް އާއި ސެއިންޓް ވިންސެންޓުގެ ފޯވާޑް މެލްކޮމް ކޮނޭލިއަސް ސްޓެވާޓް އަދި ހަތަރު ލަނޑު ޖެހި އަލީ އަޝްފާގު އެވެ. ބާކީ ލަނޑުތައް ޖެހީ އިސްމާއިލް އީސަ އާއި އަޙްމަދު ފައްރާހު އެވެ. މީގެ ތެރެއިން އިޝާން އިބްރާހިމްއަކީ، އޭދަފުށްޓަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.
އެފްއޭކަޕް ސެމީ ފައިނަލްގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ގްރީން ސްޓްރީޓްސް އާއި މާޒިޔާ އެވެ.