ads
ޕޮގްބާ
އަހްލާގީ މައްސަލައަކާއި ގުޅިގެން ޕޮގްބާ ޓީމުން ބާކީކޮށްފި
އަހްލާގީ މައްސަލައަކާ ގުޅިގެން، ޔުވެންޓަސްގެ ތަރި ޕައުލް ޕޮގްބާ، ޔޫރޮޕާ ލީގުގައި ޔުވެންޓަސްއިން ޖަރުމަނުގެ ފްރީބާގާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުން ބާކީކޮށްފިއެވެ.
Advertisement

ރިޕޯޓްތައް ބުނާ ގޮތުން ޕޮގްބާ ޓީމުން ބާކީ ކުރީ ޔޫރޮޕާ ލީގުގެ ކުރިން އޮތް ޓީމް މީޓިންއަކަށް ގަޑި ޖެހިގެން އައުމުންނެވެ. މިއީ ބުދަ ދުވަހު އޮތް މީޓީންއެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

ޔޫރޮޕާ ލީގުގައި ހޯމްގައި ޔުވެންޓަސް ކުޅެން އޮތީ ބުރާސްފަތި ދުވަހުގެ ރޭ އެވެ. މި މެޗަށް ނެގި ސްކޮޑުން ޕޮގްބާ ބާކީކުރިއިރު ގިނަ ދުވަސްތަކެއްވަންދެއް ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައިސް ޕޮގްބާ އަދި ކުޅުނީ އެންމެ މެޗެކެވެ. އެ މެޗުގައިވެސް އެރީ ބަދަލު ކުޅުންތެރިއަކަށެވެ. 

އަނިޔާގެ ސަބަބުން އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު، ޔުވެންޓަސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އެނބުރި އައިސް ކުޅެން ފެށީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. 

މިދިޔަ ސީޒަނަށް ފަހު މެންޗެސްޓަރ ޔުނައިޓެޑުން އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވި ޕޮގްބާ މިދިޔަ މަހު ފަހުކޮޅު ކުޅުނު މެޗުގެ ކުރިން އެންމެ ފަހުން ވާދަވެރި މެޗެއް ކުޅުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ. 

އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު ކުޅުނު މެޗަކީ މެޗަކީ 2015/2016 ސީޒަނަށް ފަހު ޕޮގްބާ ޔުވެންޓަސް އަށް ކުޅެދިން ވާދަވެރި ފުރަތަމަ މެޗުވެސް މެއެވެ.

2015/2016 ސީޒަނަށް ފަހު ޕޮގްބާ ބަދަލުވީ ޔުނައިޓެޑަށެވެ. އޭގެ ފަހުން އަނެއްކާ އެނބުރި ޔުވެންޓަސްއަށް ބަދަލުވީއެވެ. ޔުވެންޓަސް އަށް ބަދަލުވެ، އޭނާ ވަނި ޕްރީ ސީޒަން ތެރޭގައި އަނިޔާ ވެގެން ކަކުލުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އޭގެ ފަހުން ރެއާ ހަމައަށް ހުރީ އަނިޔާއަށް ފަރުވާ ހޯދުމުގެ ޕްރޮސެސްގެ ތެރޭގައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް