ads
ފައިސަލް ކުރިން ޖޭޕީގެ ހަރަކާތެއްގައި
ޖޭޕީގެ ހަރަކާތްތަކާއި ދުރުގައި ހުންނެވި ފައިސަލް ގާސިމް އަރިހަށް!
މިފަހުން ބޭއްވި ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކާއި ދުރުގައި ހުންނެވި، ނައިބު ރައީސް ފައިސަލް ނަސީމް، އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ބައްދަލުކުރެއްވުމަށް މިއަދު ސަން އައިލެންޑަށް ވަޑައިގަންނަވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި، 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓަކަށް ވެވަޑައިގެންނެވި ފައިސަލް މިހާރުވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ރައީސް ސޯލިހަށް ތާއީދު ކުރެއްވުމަށް ނިންމަވާފައެވެ.

އަދި މިފަހުން ބޭއްވި ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުންވެސް ފައިސަލް ފެނިވަޑައި ނުގަންނަވައެވެ. އެގޮތުން މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންގްރެސްއަށްވެސް ފައިސަލް ވަޑައި ނުގަންނަވައެވެ. ނަމަވެސް އެމުއްދަތުގައި އޮތް ސަރުކާރުގެ އިވެންޓްތަކުގައި ފައިސަލް ބައިވެރިވެވަޑައިގެނެވިއެވެ.

ގާސިމްއާއި ބައްދަލުކުރެއްވުމަށް ފައިސަލް، ގާސިމް ދިރިއުޅުއްވާ ސަން އައިލެންޑް ރިސޯޓަށް ވަޑައިގެންނެވީ މިއަދު އެވެ. ނަމަވެސް މި ބައްދަލުވުމުގެ ތަފްސީލެއް ނުލިބެއެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ކުރިއަށްދާނެގޮތެއް މިހާތަނަށް އެޕާޓީން ނުނިންމައެވެ. ޖޭޕީން އިންތިހާބާއި ގުޅޭގޮތުން ގޮތެއް ނުނިންމަނީސް ފައިސަލް ސިޔާސީ ގޮތުން ވަކި ބޭފުޅަކަށް ތާއީދު ކުރެއްވުމަށް ނިންމެވުމުން ޖޭޕީގެ ތެރެއިން ވަނީ ފައިސަލްއަށް ފާޑުކިއުންތައް އަމާޒުވެސް ވެފައެވެ.

53%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް