ads
ދަރުބާރުގޭ ނައިޓްމާކެޓް ތެރެއިން
ދަރުބާރުގޭ ނައިޓް މާކެޓަށް ބޮޑު ތަރުހީބެއް
މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ދަރުބާރުގޭގައި ކުރިއަށްދާ "މެގަ ސޭލް އެސްޕޯ" އަށް ބޮޑު ތަރުހީބެއް ލިބޭކަމަށް ބައެއް ސްޓޯލްތަކުން ބުނެފިއެވެ.
Advertisement

ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 12:00 އަށް އެކްސްޕޯ ކުރިއަށްދާއިރު، އަންނައުނާއި ހިފާ ގެންގުޅޭ ސާމާނާއި، ޒީނަތްތެރިވުމަށް ބޭނުންކުރާ ސާމާނާއި ރޯދަ މަހަށް ހާއްސަކޮށް ތަކެތި ވިއްކާ ސްޓޯލްތައްވެސް އެކްސްޕޯހައި މިފަހަރު ވަނީ ހުޅުވާފައެވެ.

މީގެއިތުރުން ކެއިން ބުއިމަށް ބޭނުންކުވާ އެތައް ސާމާނަކާއި ކުޑަކުދިން ކުޅޭ ތަކެއްޗާއި، ފޮތާއި ސާފުކުރަން ބޭނުންވާ ގިނަ ތަކެތިވެސް އެކްސްޕޯއިން ލިބެން އެބަހުއްޓެވެ.

ރޯދައާއި ދިމާކޮށް އަގުހެޔޮކޮށް ތަނެތި ގަތުމަށް ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު ދަނީ އެކްސްޕޯއަށް ޒިޔާރަތް ކުރަމުންނެވެ.

your imageނައިޓް މާކެޓް ސްޓޯލެއްގައި ވިއްކަން ބަހައްޓާފައިހުރި މުދާތަކެއް

ރޭ އެކްސްޕޯގެ ބައެއް ސްޓޯލްތަކުން ވާހަކަދެއްކި މީހުން ބުނިގޮތުގައި މިފަހަރުގެ އެކްސްޕޯއަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. އަދި ކޮންމެ ދުވަހަކުވެސް އެކަށީގެންވާ އާމްދަނީއެއް ލިބޭކަމަށާއި ކަސްޓަމަރުންނަށް ބޭނުންވާނެ ހުރިހާ މުދަލެއް ކަހަލަގޮތަކަށް އެކްސްޕޯއިން ލިބޭނެކަމަށް ބައެއް ސްޓޯލްތަކުން ވާހަކަދެއްކި މީހުން ބުނެއެވެ.

ދަރުބާރުގޭ އެކްސްޕޯ ކުރިއަށްދާނީ މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް