އޭސީޕީ ވިކްރަމް ސިންހަގެ ގޮތުގައި ސީރީޒްގައި ފެންނަ ސުނިލްޝެޓީ މި ސީރީޒްގައި ކުޅެނީ ހިތްވަރުދަގަ ފުލުހެއްގެ ރޯލެވެ. މުމްބާއީގެ ކުށުގެ ވެށީގެ ކަންކަން ހަމައަކަށް އަޅުވަމުން ދާއިރު އޭސީޕީ ވިކްރަމްއަށް އެންމެ އުނދަގޫ ކަމަކަށްވަނީ މުމްބާއީގައި ގެއްލިގެން އުޅޭ އަންހެނަކު ހޯދުމުގެ މަސައްކަތެވެ.
ޓްރެއިލާއިން ސީރީޒްގެ މާބޮޑު ތަފްސީލެއް ނުލިބުނު ނަމަވެސް، އީޝާ ޑިއޯލްއައި ބަރްކާ ބިސްތް ޓްރެއިލާއިން ފެނިގެން ދެއެވެ.
އެމޭޒަންއިން މިމަހުގެ 22 ގައި ރިލީޒްކުރާ ވެބްސީރީޒް ހަންޓާއާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ސުނިލް ބުނީ ސީރީޒްގައި އޭނާކުޅާ އޭސީޕީގެ ރޯލަކީ އަބަދުވެސް އޭނާ ގަޔާވާފަދަ ރޯލެއް ކަމަށެވެ. އަދި މުޅި ސީރީޒްގައިވެސް ފެނިގެންދާނީ ޓީމް ވީކްކަމަށާއި ސީރީޒް ވަރަށް ފުރުހަމަ ވާނެކަމަށްވެސް ސުނިލް ބުނެފައި ވެއެވެ.