ads
ސައުދީ އީރާން ދިދަ
ސައުދީ - އީރާން ޑީލަށް މުޅި ދުނިޔެ މަރުހަބާ ކިޔަނީ
އަލުން ގުޅުން ގާއިމްކުރުމަށް ސައުދީ އަރަބިއްޔާއާއި އީރާނުން ނިންމި ނިންމުމަށް ދުނިޔޭގެ ގައުމުތަކުން މަރުހަބާ ކިޔަމުން އެބަގެންދެއެވެ.

ސައުދީއާއި އީރާނުން ގުޅުން ކަނޑާލީ ސައުދީގެ ޝީއީ އިލްމުވެރިޔާ ނިމްރު ބާގިރު އަލް ނިމްރުގެ މައްޗަށް ސައުދީން މަރުގެ ހުކުމް ތަންފީޒު ކުރުމުން އުފެދުނު މައްސަލަގަނޑުގެ ތެރޭގައެވެ. އީރާނަކީ ޝިއައީ މެޖޯރިޓީ އޮންނަ އަދި ޝިއައީންގެ ކޮންޓްރޯލް އޮންނަ ގައުމެކެވެ. 

ނިމްރު އަކީ ސައުދީގައި ޝިޔައީންނަށް ފުރުސަތު ނެތްކަމަށް ބުނެ ވަކާލާތު ކުރަމުން ގެންދިޔަ ޝިއައީ އިލްމުވެރިއެކެވެ. އީރާނުން ގެންދިޔައީ ނިމްރުއަށް ތާއީދު ކުރަމުންނެވެ.

ސައުދީ އަސްކަރިއްޔާއާއި ދެކޮޅަށް މަސައްކަތް ކުރުމާއި ވެރިންނަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ސްޕްރީމް ކޯޓުން މަރުގެ ހުކުމެއް އިއްވުމުން ނިމްރު މަރާލާފައިވަނީ 2016 ވަނަ އަހަރުގެ ކުރީކޮޅު އެވެ. އެއާއިއެކު އީރާންގައި ސައުދީއާއި ދެކޮޅަށް އެއްވުންތައް ބާއްވާ ސައުދީއަށް އިންޒާރު ދެމުން ގެންދިޔައެވެ.

އެންމެ ފަހުން ހަމަނުޖެހުންތައް ބޮޑުވެ އީރާންގައި ހުންނަ ސައުދީ އެމްބަސީގައި އަލިފާން ރޯކޮށްލިއެވެ. އެއާއިއެކު އެމްބަސީ ބަންދުކޮށް ސައުދީން ވަނީ އީރާނާ ގުޅުން ކަނޑާލާފައެވެ.

ނަމަވެސް ޗައިނާ މެދުވެރިއެއްގެ ރޯލުކުޅެ، ދެ ގައުމުންވެސް އެއް ގައުމު އަނެއް ގައުމުގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ނިންމާ، ސައުދީއާއި އީރާން އެއްގަލަކަށް އެރިކަން އިއުލާނުކުރީ އިއްޔެ އެވެ. އެއާއިކު ދުނިޔޭގެ ގައުމުތަކުން ގެންދަނީ ސައުދީއާއި އީރާނުގެ ނިންމުމަށް މަރުހަބާ ކިޔަމުންނެވެ.

78%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް