
ސެޕްޓެމްބަރު، 2017 ގައި ހާރިސް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ޏ. ފުވައްމުލަކު ހިލްޓަން، ޔާމީން ރަޝީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރީ މިދިޔަ ފެބްރުއަރީ މަހުއެވެ. މި ނިމުނު ހަފްތާތެރޭ އެ މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީކޮށްފައިވެއެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
މި މައްސަލައިގައި ހާރިސް އަށް ޔާމީން ހަމަލާ ދެނިކޮށް އެއްވެސް ހެކިވެރިއަކަށް ފެނިފައެއް ނުވާ ކަމަށް ދަށު ކޯޓުން ނިންމިއެވެ.
މި މައްސަލައިގައި ސިއްރު ގިނަ ހެކިންތައް ވެސް އެ މައްސަލާގައި ހެކިބަސް ދޭން ދަށު ކޯޓަށް ހާޒިރެއް ނުވެ އެވެ. ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ހާރިސް މަރާލީ ކުރިން ހިނގި މާރާމާރީއެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ.