ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗު ފެށިގެން ހަމަ ވަރަށް ކުރީކޮޅު ގްރީން ސްޓްރީޓްސް އިން ލީޑު ނެގިއެވެ. އެހެންނަމަވެސް ދެވަނަ ހާފުގެ ތެރޭގައި މާޒިޔާއިން އެއްވަރު ކުރުމުން ދެން ޖެހުނީ އިތުރު ގަޑިއަށްދާށެވެ. އިތުރު ގަޑީގައި އަނެއްކާވެސް ގްރީނުން ކުރި ހޯދިއެވެ. ދެވަނަ ފަހަރަށް މާޒިޔާއިން އެއްވަރު ކުރީ އިތުރު ވަގުތުގެ އެންމެ ފަހު ވަގުތުއެވެ. މި ލަނޑާއި އެކު ދެން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީން ކުރި ހޯދާ ސެމީގެ ޖާގަ ކަށަވަރުކުރީ މާޒިޔާއިންނެވެ.
އެފްއޭކަޕްގައި ހުކުރު ދުވަހު ހަވީރު ކުޅޭނީ ފޯކައިދޫއާ ދަ ގްރާންޑޭއެވެ. އަދި ހުކުރު ދުވަހުގެ ރޭ ކުޅޭ މެޗުގައި ކްލަބު އީގަލްސް ނުކުންނާނީ ވިލިމާލޭ ޔުނައިޓެޑާ ދެކޮޅަށެވެ. މި މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލްގައި ކުޅެން ޖެހޭނީ އެފްއޭކަޕްގެ ފުރަތަމަ މެޗުން މޮޅުވި ޓީސީއާއެވެ.