މި ހޯދުމުގައި ބުނެފައިވަނީ މި ހާލަތަކީ 'ފީޓަސް-އިން-ފީޓޫ' ގެ ނަމުން މަޝްހޫރު ހާލަތެއްގެކަމަށެވެ. އަދި ވަރަށް މަދުން ނޫނީ މިހާލަތް ކުދިންނަށް މެދުވެރިނުވާކަމަށެވެ.
އެ ދިރާސާގައި ބުނެފައިވާ ގޮތުގައި ކުއްޖާ ހޮސްޕިޓަލަށް ގެނައީ ބޮލުގައި ރިއްސުމާއި، ބޮލުގެ ނާށިގަނޑު ބޮޑުވެފައިވާތީ ޑޮކްޓަރަށް ދެއްކުމަށްކަމަށެވެ.
އެއް އަހަރުގެ ކުއްޖާގެ ބޮލުގެ ތެރޭގައި އޮތް ކުއްޖާ އިތުރަށް ބޮޑުވަމުން އަންނަކަމަށް ވެސް ޑޮކްޓަރުންނާއި ހަވާލާދީ ދިރާސާގައި ބުނެފައިވެއެވެ.
މި ދިރާސާގައި އިތުރަށް ބުނެފައިވަނީ ޓްވިން އެއް ފެނިފައިވަނީ 1 އަހަރުގެ އަންހެއް ކުއްޖެ ސިކުނޑީގައި ކަމަށެވެ.
މީގެ އިތުރުން ޖީނޯމް ސްކޭން ހެދުމުން ދަރިފުޅަކީ އެކުއްޖާގެ ޓްވިން އެއްކަން އެނގުނެކަމަށް ވެސް ޑޮކްޓަރުން ބުނެއެވެ.
މި ހާލަތު ބަޔާންކުރުމަށް 'ޕެރަސައިޓިކް ޓްވިން' މި ލަފުޒު ވެސް ބޭނުން ކުރެއެވެ.
މިއީ ކިހިނެއްވާކަމެއް؟
މިފަދަ ކޭސްތައް ފެންނަން ފަށަނީ މާބަނޑު ދުވަސްވަރުގެ ފުރަތަމަ ޓްރައިމަސްޓާގައި ކަމަށް އައިއެފްއެލް ސައިންސްގެ ރިޕޯޓެއްގައިވެ އެވެ.
އެއީ އަންހެން ބިސް އަދި ފިރިހެން ދަރިފަނި ދަރިމައިވުމުގެ ސަބަބުން އުފެދޭ ސެލްތަކުގެ ގްރޫޕެއް ރަނގަޅަށް ބައިބައި ނުވުމުން ދިމާވާ ކަމެކެވެ. މިއަށްފަހު ޒުވާން ބިސްތަކުގެ ތެރެއިން އެއް ދަރިފުޅު އަނެއް ދަރިފުޅު ވަށާލައެވެ. އެފަދަ ކުދިން ހެދިބޮޑުވާން ހުރަސް އެޅުނު ނަމަވެސް، އެ ކުދިންނަކީ ވެސް ދިރިހުރި ކުދިންކަމަށް ދިރާސާގައި ބުނެގައިވެއެވެ.