ads
މާހެފުމުގެ ހަރަކާތްތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް ކުޑިގިރި ޕިކްނިކް އައިލެންޑުން ވަނީ އެ ފުރުސަތު ހުޅުވާލާފައި - ފޮޓޯ:ކުޑިގިރި
ކުޑަގިރިން މާހެފުމަށް ހާއްސަ މެނޫއެއް
ރޯދަމަހާ ދިމާކޮށް މާހެފުމުގެ ހަރަކާތްތައް ބޭއްވުމަކީ ފޯރީގައި ކުރަމުން އަންނަ ކަމަކަށް ވީއިރު، އެފަދަ ހަރަކާތްތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް ކުޑިގިރި ޕިކްނިކް އައިލެންޑުން އެ ފުރުސަތު ހުޅުވާލައިފިއެވެ.

ކުޑަގިރިން ވަނީ 'މާހެފުން މެނޫ' ގެ ނަމުގައި ހާއްސަ މެނޫއެއް ތައާރަފުކޮށްފައެވެ. އެ މެނޫގައި 16 ބާވަތެއް ހިމެނެއެެވެ. އޭގެ ތެރޭގައި ކުޅި ފާރޮއްޓާއި މަސްކުރޮޅި އާއި އަވެއްޔާއި މާފުށުގެ އިތުރުން ކާށި ހިމެނެއެވެ.

މާހެފުމަށް އެދޭ ދަތުރުވެރިންގެ ތެރެއިން ކޮންމެ މީހެއްގެ އަތުން 165 ރުފިޔާގެ އަގެއް ނަގާގޮތަށް ވަނީ ހަމަޖެހިފައެވެ. މާހެފުމާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް 3356454 އަށް ގުޅުމަށް ކުޑަގިރިން އެެދެއެވެ.

your imageކުޑިގިރީގެ 'މާހެފުން މެނޫ' - ފޮޓޯ:ކުޑިގިރި

އާންމުންނަށް ދެވޭ ގޮތަށް ކުޑަގރި ހުޅުވާލި ފަހުން، ނިމުނު މަހުގެ ފަހުކޮޅު އެރަށަށް ދިއުމަށް ދުރާލާ ބުކިން ހަދަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލާ، ހަފުތާ ބަންދު ދުވަސްތަކުގެ ފެރީ ފުރާގަޑީގައި ކޮންމެ ފަރާތަކަށްވެސް އެ ރަށަށް ދެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ބުކިން ހެދުމެއް ނެތި ހަފުތާ ބަންދު ދުވަސްތަކުގައި އެ ރަށަށް ދެވޭ ގޮތަށް ހަމަޖެއްސި ނަމަވެސް، ރަށުން އަށި ނުވަތަ ރޫމެއް ބޭނުން ކުރަން އެދޭ ނަމަ، ކުޑަގިރި އެޕްލިކޭޝަން މެދުވެރިކޮށް ބުކިން ހަދަން ޖެހެއެވެ. ހަމައެގޮތަށް ބަންދު ނޫން ދުވަސްތަކުގައި އެ ރަށަށް ދިއުމަށް ވެސް އެޕްލިކޭޝަން ނުވަތަ ވެބްސައިޓު މެދުވެރިކޮށް ބުކިން ހަދަން ޖެހޭނެއެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް