ads
ހޭންޑްބޯލް މެޗުގެ ތެރެއިން (ފޮޓޯ ހޭންޑްބޯލް)
ހޭންޑްބޯލް ދެ ތަށި ޖަމާލުއްދީނަށް
އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ އުމުރުފުރާ އަދި 17 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޖަމާލުއްދީން ސްކޫލް ހޯދައިފި އެވެ.
Advertisement

15 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ޖޭއެސް ހޯދީ ފައިނަލުގައި އަމީނިއްޔާ ބަލިކޮށްގެނެވެ. މި މެޗުން ޖޭއެސް މޮޅުވީ 18-21 ންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖަމާލުއްދީންގެ ގޯލްކީޕަރު އަހުމަދު އިކްމާލް ނަސީރެވެ. 

މި އުމުރުފުރާގެ އެންމެ މޮޅު ތިން ކުޅުންތެރިންނަށް ހޮވުނީ ޖަމާލުއްދީންގެ އަލްހާން ފައިސަލް އަމީން އާއި އިނާން ތޮލްހަތު މުހައްމަދު އަދި އަމީނިއްޔާގެ އާހިލް އިހުސާން އެވެ. މި އުމުރުފުރާގައި 13 ސްކޫލަކުން ވާދަ ކުރި އެވެ.

17 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ޖަމާލުއްދީން ހޯދީ ފައިނަލުގައި އިސްކަންދަރު ބަލިކޮށްގެނެވެ. މި މެޗުން ޖޭއެސް މޮޅުވީ 26-18 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖަމާލުއްދީންގެ އަލްދާން އައިކް ރަމީޒް އެވެ. 17 އަހަރުން ދަށުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ ޖަމާލުއްދީންގެ އައިކް އާއި ގޯލްކީޕަރު އަބްދުﷲ ރަޒީފް މުހައްމަދު އަދި އިސްކަންދަރު ސްކޫލުގެ ސައްޔިދު ސަލާހުއްދީނެވެ. މި އުމުރުފުރާގައި 16 ސްކޫލަކުން ވާދަ ކުރި އެވެ.

އިންޓަ ސްކޫލް ހޭންޑް ބޯޅަ މި ދެ އުމުރުފުރާގެ އަންހެން ފައިނަލް މެޗުތައް ކުރިން ވަނީ ކުޅެފައެވެ. އަންހެން 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ އަހުމަދިއްޔާ އެވެ. އަދި 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ އއ. އަތޮޅު ތައުލީމީ މަރުކަޒެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް