
މިއަދު ބޭއްވި ރަސްމިއްޔާތުގައި ސޮއިކޮށްފައިވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮމިއުނިޓީ އެންގޭޖްމަންޓުގެ ގޯލްޑް ސްޕޮންސާ ސޮލަރެލް އިންޝުއަރެންސް ކޮމްޕެނީއާއި، މީޑިއާ ޕާޓްނާ އެސް.އެސް ޓީވީ، އެސޯސިއޭޓް ޕާޓްނާ ސިމްޑީ ކޮމްޕެނީ، އެސޯސިއޭޓް ޕާޓްނަާ އައިކެއާ އޮޕްޓިކަލްސް، އަދި އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީއާ ދެމެދުއެވެ.
ދިވެހި ފުލުހުންގެ ފަރާތުން ސޮއި ކޮރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދުއެވެ.
- ސޮލަރެލް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ދީޕްތާ ދިއަސްއެވެ.
- އެސް.އެސް ޓީވީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީންއެވެ.
- ސިމްޑީ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ޔޫޝައު ސައީދުއެވެ.
- އައިކެއާ އޮޕްޓިކަލްސްގެ ފަރާތުން ސޮއިކުރެއްވީ މާކެޓިންގް އެންޑް ބިޒްނަސް މެނޭޖަރު އަޒްމާ އަބްދުލް ފައްތާހުއެވެ.
- އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކޯ ފައުންޑިންގް ޕްރެޒިޑެންޓް އާމިނަތު ރީމާއެވެ.
ފުލުހުން ވިދާޅުވެފައިވަނީ މިއަދު ސޮއިކުރެވުނު "ކޮމިއުނިޓީ ސޭފްޓީ ޕާޓްނާޝިޕް" އެއްބަސްވުމުގެ ދަށުން ކޮމިއުނިޓީ އެންގޭޖްމަންޓު ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮމިއުނިޓީ ޕާޓްނަރުންގެ ގޮތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޑަބްލިޔުއެސްސީ އަދި ސީޕްރިޔާ މިހާރުވެސްދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.