ads
ކޮވިޑް-19 އާ ގުޅިގެން ކުރިއަށް ގެންދިޔަ ޑްރިލް އެއް-- ފޮޓޯ: ފުލުހުން
ކޮވިޑް 19 އަށް ޕޮޒިޓިވްވި ޗިލީ މީހާ ރާއްޖޭގައި އުޅުނު ތަންތަން ބަލަނީ
ޗުއްޓީއަށް ފަހު ގައުމަށް ދިޔުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ޗިލީ މީހާ ރާއްޖޭގައި އުޅެފައިވާ ތަންތަން ދެނެގަތުމުގެ މަސައްކަތް ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޗުއްޓީއަށް ފަހު އެނބުރި ގައުމަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ޗިލީ މީހާ ރާއްޖެ އައިކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. 

އަދި އެމީހާއަކީ ކާކުކަން ދެނެގަނެ، އޭނާ ރާއްޖޭގައި އުޅުނު ތަންތަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައި ވެއެވެ. 

"އެ ތަންތަނުގައި ބަލީގެ އަލާމާތް ހުރި މީހުން އުޅޭކަން ބަލާ، މޮނިޓާ ކުރަމުން ގެންދާނެ އެވެ،" އެޗްޕީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ. 

ޗިލީގެ ފަތުރުވެރިޔާއަކީ މިދިޔަ މަހުގެ ތެރޭގައި ރާއްޖޭގެ އިތުރުން މެލޭޝިއާ އާއި ސިންގަޕޫރާއި އިންޑޮނޭޝިއާ އަދި ސްޕެއިންގައި މަޑުކޮށްފައިވާ މީހެއް ކަމަށް ބޭރުގެ ނޫސްތަކުން ބުނެ އެވެ. 

މިއީ ޗިލީގައި ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެވެ. އުމުރުން 33 އަހަރުގެ އެ ފިރިހެން މީހާ އެނބުރި ޗިލީއަށް ގޮސްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އަދި އެ ބަލީގެ އަލާމާތްތައް ފެންނަން ފެށީ މިމަހުގެ އެއްވަނަ ދުވަހު އެވެ. 

20%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް