އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ނިއުރޭޑިއަންޓް، އިންޑޮނީޝިއާގެ ޕާސިބޯއާ ދެކޮޅަށް އިންޑޮނޭޝިއާގައި އެ ދުވަހު ހަތް ލަނޑު ޖެހިއެވެ. ހަތެއް ސުމަކުން ނިއުރޭޑިއަންޓް އެ ދުވަހު މޮޅުވި މޮޅުވަމަކީ މިއަދާ ހަމައަށްވެސް ބައިނަލްއަގްވާމީ މެޗެއްގައި ދިވެހި ޓީމަކުން ހޯދި އެއްމެ ބޮޑު ކާމިޔާބީއެވެ.
އެ ދުވަހު ނިއުރޭޑިއަންޓަށް ލަނޑުތައް ޖަހައިދިނީ، އަލީ އުމަރު، އުމައިރު އަދި އަޝްފާގުއެވެ. އަޝްފާގު އެ ދުވަހު ފަސް ލަނޑު ޖެހިއެވެ. އެއީވެސް އިންޓަނޭޝަނަލް މެޗެއްގައި ދިވެހި ކުޅުންތެރިއެއްގެ ރިކޯޑެކެވެ.
އެ ދުވަހު އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއުރޭޑިއަންޓް ހެދި ރާއްޖޭގެ ރެކޯޑާއެކު، މާލޭގައިވެސް ޕާސިބޯ ކޮޅަށް ހަތް ލަނޑު ޖެހިއެވެ.
އެ ފަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ އެއްވަނަ ނިއު ހޯދި ހޯދުމަކީވެސް ތާރީހީ ރެކޯޑެވެ.