ރަންބީރު މިހެން ބުނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ތޫ ޖޫތީ މައިން މައްކާރު" ޕްރޮމޯޓް ކުރުމަށް ބޭއްވި ޝޯއެއްގައި "ބޮލީވުޑް ބަބުލް" ގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
ފާހާނައިން ނުކުންނައިރު އާއިލާ އެތަން މުޑުދާރު ކުރާވާހަކަ ރަންބީރު ދެއްކީ "އާލިއާގެ ފަރާތުން ތަހަންމަލްކުރަން އެންމެ އުނދަގުލީ ކޮންކަމާތޯ؟" ސުވާލުކުރުމުންނެވެ.
ރަންބީރުގެ މި ކޮމެންޓާއެކު އާލިއާ ބަޓްގެ ފޭނުން ގެންދަނީ "ފްރީއާލިއާ" (އާލިއާ މިނިވަންކުރޭ) ނަމުގައި ހޭޝްޓެގެއް ހަދައި ރަންބީރުއަށް އެއްޗެހި ކިޔަމުންނެވެ.
މިގޮތުން ފާޑުކިޔާ މީހުން ބުނަނީ އާލިއާ ބަޓްގެ އެންމެ އިދިކޮޅު މީހަކީ ރަންބީރު ކަޕޫރު ކަމަށެވެ.