އެ ބޭންކުން ބުނީ އެ ކުންފުނީގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޖެކްޓުތައް ކުރިއަށް ގެންދިޔައީ ދ. ހުޅުދެލި، ލ. މުންޑޫ އަދި ލ. ފޮނަދޫގައި ކަމަށެވެ.
ކޮމިއުނިޓީ ފަންޑުގެ ދަށުން ހުޅުދެލީގައި ގާއިމުކޮށްފައިވަނީ މަސްކެނޑުމަށް ހާއްސަ ތަނެއް ކަމަށް ބީއެމްއެލުން ބުނެއެވެ. ބީއެމްއެލުން ބުނީ ހުޅުދެލީ މަސްވެރިންނާއި އާންމު ރައްޔިތުންނަށް މަސްކެނޑުމަށް ފަސޭހަވާނެހެން ތަރައްގީ ކުރެވުނު މި މަސްކަނޑާތަން ފަރުމާކޮށްފައިވަނީ ދުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑުވެސް ބޭނުން ކުރެވޭނެ ގޮތަށެވެ. އެ ބޭންކުން ބުނީ މި ޕްރޮޖެކްޓް ހިންގާފައިވަނީ ހުޅުދެލީ އައިލެންޑް ސޮސައިޓީ އެންޑް .ސްޕޯޓްސް އެސޯސިއޭޝަނުން ކަމަށް އެ ބޭންކުން ބުނެއެވެ
ލ. މުންޑޫ ޒުވާނުންގެ ޖަމިއްޔާއިން މުންޑޫ ބަނދަރު ސަރަހައްދުގައި ދަތުރުވެރިންނަށް ހާއްސަ ހަޓެއް ހަދާފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ. އެ ބޭންކުން ބުނީ ދަތުރުވެރިން މަޑުކޮށްލުމަށްޓަކައި ހިޔާވެވޭހެން ފަރުމާކޮށްފައިވާ މި ތަނުގައި ލަކުޑި ބެންޗްތައް ބަހައްޓާފައިވާ ކަމަށެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ލ. ފޮނަދޫގައި ހުންނަ ލ.އަތޮޅު ތައުލީމީ މަރުކަޒުގެ ހަތަރު ކްލާސްރޫމެއް ޑިޖިޓައިޒްކުރުމުގެ ގޮތުން ޓީވީ ބަހައްޓާފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ. ބީއެމްއެލުން ބުނެފައިވަނީ މި ޕްރޮޖެކްޓް ހިންގާފައިވަނީ ވިމެން އެންހޭންސްމަންޓްގެ ފަރާތުން ކަމަށެވެ.
ބީއެމްއެލުން ބުނި ގޮތުގައި އެ ކުންފުނީގެ ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެއް ކަމުގައެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 80 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދެވިފައިވާ ކަަމަށް އެ ބޭންކުން ބުނެއެވެ.