ޕްރިންސަސް އީމާން ކައިވެނި ބައްލަވާގެންނެވީ ގްރީކް ދަރިކޮޅަށް ނިސްބަތްވާ ވެނެޒުއެލާގެ ޖަމީލް އެލެގްޒެންޑާއާއެވެ. އުމުރުން 26 އަހަރުގެ އީމާން ކައިވެނި ބައްލަވާ ގެންނެވި ޖަމީލްއަކީ 28 އަހަރުގެ ޒުވާނެކެވެ.
އީމާންގެ ކައިވެރި އިއްޔެ ކުރިއަށް ދިޔައިރު، އުރުދުންގެ ދައުލަތުގެ މީޑިއާއިންވެސް ވަނީ ވަގުތުން ކައިވެނި ހަފްލާ ލައިވް ޓެލެކާސްޓްކޮށްފައެވެ. އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުންވެސް ގެންދިޔައީ ކައިވެނީގެ ހަފްލާ ލައިވް ކުރަމުންނެވެ.
ޕްރިންސަސް އީމާންއާއި ޖަމީލް އެލެގްޒެންޑާގެ ކައިވެނީގެ ހަފްލާ އިއްޔެ ބޭއްވިއިރު، ދެ ބޭފުޅުންގެ އެންގޭޖްމަންޓް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ.