ads
ބެންގަލޫރު އެފްސީގެ ކުޅުންތެރިން
ޕެނަލްޓީ ޖަހައިގެން މުމްބާއީ ބަލިކޮށް ބެންގަލޫރު ފައިނަލަށް
އިންޑިއަން ސުޕަ ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި، ޕެނަލްޓީ ޖަހައިގެން މުމްބާއީ އެފްސީ ބަލިކޮށް ބެންގަލޫރުން ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

ރޭ ބެންގަލޫރުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޕެނަލްޓީއަަށް ދާން ޖެހުނީ ދެ މެޗުގެ އެގްރިގޭޓް ނަތީޖާ އެއްވަރުވުމުން، މޮޅުވާ ޓީމެއް ކަނޑައެޅުމަށެވެ. ފުރަތަމަ ލެގުގައި އެއް ލަނޑުން ބެންގަލޫރު މޮޅުވެފައިވާއިރު، ދެވަނަ ލެގުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ލަނޑު އެއް ލަނޑުން މުމްބާއީ ކުރީގައި އޮވެގެންނެވެ. އެއާއެކު ދެ ޓީމުގެ އެގްރިގޭޓް ނަތީޖާއަކީ ދޭއް ދޭއް ކަމަށްވުމުން، ނަތީޖާ ނެރެން ޕެނަލްޓީއަށް ދާން ޖެހުނީއެވެ.

ޕެނަލްޓީގައި ދެ ޓީމުުންވެސް ފުރަތަމަ ޖެހި ފަސް ޕެނަލްޓީވެސް ކާމިޔާބުކުރިއެވެ. އޭގެ ފަހުން ދެން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ތިންވަނަ ޕެނަލްޓީ ބެންގަލޫރުގެ ކީޕަރު ގުރްޕްރީތު ދިފާއު ކުރިއެވެ. އިންޑިޔާގެ އެއްވަނަ ކީޕަރު ގުރްޕްރީތު މި ޕެނަލްޓީ ދިފާއުކޮށް އެ ޓީމަށް އެޑްވާންޓޭޖް ހޯދައިދިނުމުން ދެން ޕެނަލްޓީ ޖަހަން ނުކުތް އިންޑީޔާގެ ގައުމީ ޓީމުގެ ޑިފެންޑަރު ސަންޑޭޝް ޖިންގަންވަނީ ފަސޭހަކަމާއެކު ޕެނަލްޓީ ކާމިޔާބުކޮށް ބެންގަލޫރަށް ފައިނަލުގެ ފުރުސަތު ހޯދައިދީފައެވެ. 

އަންނަ ހޮނިހިރު ދުވަހު ކުޅޭ ފައިނަލުގައި ބެންގަލޫރު ނުކުންނާނީ ސެމީގެ އަނެއް މެޗުގައި ކުޅޭ އޭޓީކޭ މޯހަން ބަގާން - ހައިދަރުއާބާދު އެފްސީ މެޗުން މޮޅުވާ ބަޔަކާއެވެ. 

ބެންގަލޫރު އެފްސީ އައިއެސްއެލްގެ ފައިނަލުން ފުރުސަތު މި ހޯދީ އާދަޔާ ހިލާފު ރަނގަޅު ނަތީޖާއަކާއެކުއެވެ. ލީގުގެ ކުރީކޮޅު ޓޭބަލުގެ އެންމެ ފުލުގައި އޮތް ބެންގަލޫރު އެފްސީގެ ކުޅުން ރަނގަޅުކޮށް ފަހުން ގަދަ ހަތަރެއްގެ ތެރޭން ފުރުސަތު ހޯދީއެވެ. ނޮކްއައުޓް ބުރުގައި ބެންގަލޫރާ ކެރެލާ ކުޅުނު މެޗެއް ހޫނުވެ މެޗު ހުއްޓާލަންވެސް ޖެހުނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް