ads
މޯލްޑިވިއަންގެ ބޯޓެއް: މޯލްޑިވިއަނުން ވަނީ ފަރެސްމާތޮޑާ އެއާޕޯޓަށް ހާއްސަކޮށްގެން 'ޕްރޮމޯޝަނަލް ފެއަ' އެއް ފަށާފައި - ފޮޓޯ:ރައީސް އޮފީސް
ފަރެސްމާތޮޑާއަށް މޯލްޑިވިއަނުން ހާއްސަ އަގުތަކެއް
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ފަރެސްމާތޮޑާ އެއާޕޯޓަށް ދަތުރުކުރުމަށް ހާއްސަ އަގުތަކެއް ކަނޑައަޅައިފިއެވެ.

މޯލްޑިވިއަނުން ފަރެސްމާތޮޑާ އެއާޕޯޓަށް 'ޕްރޮމޯޝަނަލް ފެއަ' އެއް ފަށާފައިވަނީ މިވަނީ އެ އެއާޕޯޓަށް ކުރާ ދަތުރުތައް ފެށުމާ ގުޅުވައެވެ.

މޯލްޑިވިއަނުން ބުނެފައިވަނީ މި 'ޕްރޮމޯޝަނަލް ފެއަ' ގެ ދަށުން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ،

  • މި މަހުގެ 16 ވަނަ ދުވަހާއި 19 ވަނަ ދުވަހު ކަމަށް
  • މާލެއިން ފަރެސްމާތޮޑާއަށް - ހެނދުނު 08:10 ގައި
  • ފަރެސްމާތޮޑާއިން މާލެއަށް - ހެނދުނު 10:05 ގައި

މޯލްޑިވިއަނުން ބުނި ގޮތުގައި ދަތުރުގެ ވަންވޭ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 1,574 ރުފިޔާއަށް ކަމަށާއި ރިޓާން ޓިކެޓެއްގެ އަގަކީ 3،148 ރުފިޔާ ކަމުގައެވެ. 

މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށާއި ދަތުރަށް ބުކް ކުރުމަށް [email protected] އަށް އީމެއިލް ކުރުމަށް މޯލްޑިވިއަނުން އެދެއެވެ. މޯލްޑިވިއަނުން ބުނީ އެ ކުންފުނިން ވެބްސައިޓުންނާއި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށްވެސް ބުކިން ހެދޭނެ ކަމަށެވެ.

މޯލްޑިވިއަނުން ފަރެސްމާތޮޑާ އެއާޕޯޓަށް ދަތުރުކުރުމަށް ހާއްސަ އަގުތަކެއް ކަނޑައަޅާފައިވާއިރު، ފަރެސްމާތޮޑާ އެއާޕޯޓަށް މިއަދު ހަވީރު ޓެސްޓް ފްލައިޓް ޖައްސާނެކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ އެއާޕޯޓަށް ފުރަތަމަ ޖައްސާ ޓެސްޓް ފްލައިޓަކީ މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. އެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރުމަށް ހަަމަޖެހިފައިވަނީ މެންދުރުފަހު 3:50 ގައެވެ. ފަރެސްމާތޮޑާ އެއާޕޯޓުގައި ބޯޓު ޖައްސާނެ ކަމަށް ލަފާކޮށްފައިވަނީ ހަވީރު 5:05 ގައެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް